އާރުއޯއެލް އިން ކެއާ ސޮސައިޓީ އަށް ހިލޭ އިންޓަނެޓް ދެނީ
އާރުއޯއެލް އިން ކެއާ ސޮސައިޓީ އަށް ހިލޭ އިންޓަނެޓް ދެނީ

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތްދޭ އާރުއޯއެލް އިން ކެއާ ސޮސައިޓީ އަށް ހިލޭ އިންޓަނެޓް ދޭން ފަށައިފި އެވެ.

އާރުއޯއެލް އިން ކެއާ ސޮސައިޓީ އަށް ހިލޭ އިންޓަނެޓް ދެނީ
އާރުއޯއެލް އިން ކެއާ ސޮސައިޓީ އަށް ހިލޭ އިންޓަނެޓް ދެނީ

އާރުއޯއެލްގެ އާ ފްރަންޓް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއި ކުރީ އާރުއޯއެލްގެ މާކެޓިން ހެޑް މަނާލް ލަތީފް އާއި ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓާ ނައުޝާން މުހައިމިން އެވެ.

މަނާލް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިންޓަނެޓް ދެނީ އެ ކުންފުނީގެ ސީއެސްއާރު ހަރަކާތުގެ ތެރެއިން ކަމަށެވެ. އަދި އެއްބަސްވުމާ އެކު ކެއާ ސޮސައިޓީއާ ދެމެދު ކޯޕަރޭޓް ޕާޓްނާޝިޕް އުފެދިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމުގެ ދަށުން އާރުއޯއެލް އަކީ ކެއާ ސޮސައިޓީގެ އެކްޓިވް ޕާޓްނަރެއްގެ ގޮތުގައި ކަނޑައަޅަން ހަމަޖެހިފައިވާ ކަމަށް ނައުޝާން ވިދާޅުވި އެވެ.

އާރުއޯއެލް އަކީ ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ "ދިވެހި ވަންތަ، ދިވެހިންގެ" ކުންފުންޏެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނީގެ ވަޒީފާ ދޭއިރު ވެސް ދިވެހިންނަށް އިސްކަން ދެމުން އަންނަ ކަމަށް ބުންޏެވެ.