އެލައިޑާއި އެމްޓީސީސީ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް، ނަސީބުވެރިޔާ އަށް ސުޒުކީ އައުޓްބޯޑް އިންޖީނެއް!
އެލައިޑާއި އެމްޓީސީސީ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް، ނަސީބުވެރިޔާ އަށް ސުޒުކީ އައުޓްބޯޑް އިންޖީނެއް!

އެލައިޑް އިންޝުއަރެންސްއާއި އެމްޓީސީސީ ގުޅިގެން "ހަލް ޕްރޮމޯޝަން"ގެ ނަމުގައި ނަސީބުވެރިޔަކަށް ހޮވޭ ފަރާތަކަށް ފޯ ސްޓްރޯކް 60 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެލައިޑާއި އެމްޓީސީސީ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް، ނަސީބުވެރިޔާ އަށް ސުޒުކީ އައުޓްބޯޑް އިންޖީނެއް!
އެލައިޑާއި އެމްޓީސީސީ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް، ނަސީބުވެރިޔާ އަށް ސުޒުކީ އައުޓްބޯޑް އިންޖީނެއް!

ދަރުބާރުގޭގައި ކުރިއަށްދާ މެރިން އެކްސްޕޯގައި އެމްޓީސީސީގެ ޖެނަރަލް މެނޭޖަރު އިސްމާއިލް އަދުހަމް ރޭ އިއުލާނު ކޮށްދެއްވި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ.

އެލައިޑުގެ ސީނިއާ މާކެޓިން އޮފިސަރު ރިޝްފާ އައްބާސް ވިދާޅުވީ މި ޕްރޮމޯޝަނަކީ އޮޑިދޯނިފަހަރަށް ހާއްސަ ޕްރޮޑަކްޓްތައް އެލައިޑުގައި ހުރިކަން އާންމުންނަށް އަންގައިދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

"އޮޑި ބަނުމުގެ މަސައްކަތުން ފެށިގެން ގޮސް ދަތުރުތަކަށް އޮޑި ބޭލުމަށްފަހު ވެސް އެލައިޑުގެ ޕްރޮޑަކްޓްތަކުގެ ހިމާޔަތުގައި ދޯނިފަހަރު ދަތުރު ކުރުމުގެ ހިތްހަމަޖެހުން ހޯއްދެވިދާނެ،" ރިޝްފާ ވިދާޅުވި އެވެ.

އޮޑިދޯނިފަހަރުގެ އިންޝުއަރެންސަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދިމާވެދާނެ ނުރައްކަލުން އޮޑި ވެރިޔާ އަށް ލިބިދާނެ މާލީ ނިކަމެތިކަމަކުން ރައްކާތެރިކުރުމަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓްތަކެއް ކަމަށް ވެސް ރިޝްފާ ވިދާޅުވި އެވެ.

އެލައިޑަކީ އޮޑިދޯނުފަހަރުގެ އިންޝުއަރެންސްގެ އިތުރުން ވެސް ތަފާތު ގިނަ ކަންކަމަށް، ފުޅާ ދާއިރާއެއްގައި އިންޝުއަރެންސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.