ގަރުނުގެ ބޮޑު ބިންހެލުމުގައި މެކްސިކޯ އަށް ބޮޑު ގެއްލުމެއް
ގަރުނުގެ ބޮޑު ބިންހެލުމުގައި މެކްސިކޯ އަށް ބޮޑު ގެއްލުމެއް

މެކްސިކޯ ސިޓީ (ސެޕްޓެމްބަރު 9) - ވޭތުވެދިޔަ 100 އަހަރަށް ބަލާއިރު ވެސް މެކްސިކޯ އަށް ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުމުގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ގަރުނުގެ ބޮޑު ބިންހެލުމުގައި މެކްސިކޯ އަށް ބޮޑު ގެއްލުމެއް
ގަރުނުގެ ބޮޑު ބިންހެލުމުގައި މެކްސިކޯ އަށް ބޮޑު ގެއްލުމެއް

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ މެކްސިކޯގެ ދެކުނުގެ ހިސާބުތަކަށް އައި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓާ މިންގަނޑުން 8.1 ގައި ކަމަށެވެ. މެކްސިކޯގެ ރައީސް އެންރީކް ޕީނާ ނިއެޓޯ ވިދާޅުވީ ވޭތުވެދިޔަ 100 އަހަރު ދުވަހު ތެރޭ ވެސް އެ ގައުމަށް އެހާ ބާރުގަދަ ބިންހެލުމެއް ނާންނަ ކަމަށެވެ. އޭނާ ވިދާޅުވީ 1985 ވަނަ އަހަރު އައި ބިންހެލުމަށް ވުރެ މި ފަހަރުގެ ބިންހެލުން މާ ވަރުގަދަ ކަމަށެވެ. އެ ފަހަރުގެ ބިންހެލުމުގައި މެކްސިކޯގެ ހަތަރު ސްޓޭޓަކުން ވަނީ އެތައް ހާސް ބަޔަކު މަރުވެފަ އެވެ.

ބިންހެލުމުގައި މެކްސިކޯ އިން ވަނީ 61 މީހުން މަރުވެފަ އެވެ. ސަރުކާރުން ބުނީ މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށެވެ. ބިންހެލުމުގައި ވަނީ މީސް މީހުންގެ ގެދޮރުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ވެސް ގެއްލުންވެފަ އެވެ. އެގާރަ ސްޓޭޓެއްގެ ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެއް މިލިއަން މީހުން ވަނީ ކަރަންޓުގެ ޚިދުމަތުން މަހްރޫމްވެފަ އެވެ.

ބިންހެލުން އުފެދުނީ މެކްސިކޯގެ ދެކުނު އައްސޭރި ފަށުގެ 87 ކިލޯމީޓަރު ދުރުން ޕެސިފިކް ކަނޑުގަ އެވެ. އެ ސަރަހައްދާ އެންމެ ކަރީގައި އޮންނަނީ މެކްސިކޯގެ ޕިޖިޖިއަޕަން ސްޓޭޓެވެ. އެކަމަކު ބިންހެލުން އައި ސަރަހައްދާ 1،000 ކިލޯމީޓަރު ދުރުގައި އޮތް ވެރިރަށް މެކްސިކޯ ސިޓީގެ އިމާރާތްތައް ވެސް ވަރަށް ބޮޑަށް ގުޑި އެވެ. ގާތްގަނޑަކަށް މިނިޓަކަށް ދެމިގެން ދިޔަ މި ގުނޑުމުގައި އާންމުން ބިރުން މަގުތަކަށް ނުކުތެވެ.