މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް އެ މީހުންގެ ދުލުން
މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް އެ މީހުންގެ ދުލުން

ޑާކާ (ސެޕްޓެމްބަރު 9) - މިއަންމާގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެ ސްޓޭޓް ދޫކޮށް ވަނީ އެތައް ލައްކަ ބަޔަކު އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް އެ މީހުންގެ ދުލުން
މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް އެ މީހުންގެ ދުލުން

ދެ ގައުމު ގުޅޭ ހިސާބުގައި ނަފް ކޯރު ހުރަސްކުރަން އުޅުމުގެ ތެރޭގައި އެތައް ބަޔަކު ވަނީ ގެނބިގެން މަރުވެފަ އެވެ. ރެފިއުޖީންގެ ތެރޭގައި ހިމެނުނު ނަބީ ހަސަން ބުނީ ރަކީންގެ އެ މީހުންގެ އަވަށަށް މިއަންމާ ސިފައިންނާއި ބުޑިސްޓުން އެތައް ފަހަރަކު ހަމަލާދީފައިވާ ކަމަށެވެ.

މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް އެ މީހުންގެ ދުލުން
މިއަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް އެ މީހުންގެ ދުލުން

"އާއިލާގައި ތިބި 10 މީހުންގެ ތެރޭން ސަލާމަތްވީ އަހަރެންނާއި އަންހެން ކޮއްކޮއެއް އެކަނި،" ނާބީ ހަސަން ބުންޏެވެ.

ރެފިއުޖީންގެ ތެރޭގައި ހިމެނުނު އުމުރުން 60 ގެ އަހަރުތަކުގެ އަންހެނެއް ކަމަށްވާ ދިލް ބަހާރު ބުނީ އެ މީހުންގެ މާމަ ދަރިއެއް ކަމަށްވާ މަހްބޫގެ އަތަށް ދެ ފަހަރު ބަޑި ޖަހާފައިވާ ކަމަށެވެ.

"އަހަރެމެން އުޅުނު އަވަށަށް މިއަންމާ ސިފައިންނާއި ބުޑިސްޓުން އައިސް އަޑުގަދަ ކުރާ މެދުވެރިކޮށް ބުނީ އެންމެން ގޭތަކަށް ވަންނާށޭ. ދެން ގެތަކަށް އަތު ބޮން އުކާ އަލިފާން ޖެހީ،" ދިލް ބަހާރުގެ ފިރިމީހާ ޒާކިރު މާމުން ބުންޏެވެ. "ދެން ބައެއް މީހުން އަވަށްތައް ދޫކޮށް ދާން ފެށުމުން އެ މީހުން ގަޔަށް ބަޑި ޖަހަން ފެށީ. ހަމަލާ އިން ސަލާމަތްވާން އެއް ބަޔަކު އަނެއް ބަޔަކު ވަނީ ގައި މައްޗަށް ވެއްޓިފައި. އަހަރެން ސަލާމަތްވާން ދިޔައީ ފަރުބަދައަކާ ދިމާލަށް. އެތަނަށް ގޮސް ފިލީ."

މިއަންމާ ސިފައިން ބަޑިޖަހާ މަހްބޫދުގެ ބައްޕަ ވަނީ މަރާލައިފަ އެވެ.

ޒާކިރު ބުނީ ޖެހިގެން އައި ދުވަހު އެ މީހުންގެ އަވަށުގައި އެއްވެސް ގެއެއް ނެތް ކަމަށެވެ. ހުރިހާ ތަނެއްގައި ވަނީ އަލިފާން ޖަހާފައި ކަމަށް ބުންޏެވެ.

ޒާކިރު ބުނީ ފަރުބަދަތަކާއި ޖަންގަލީތަކުގައި އެ މީހުން 12 ދުވަސް ހޭދަކުރި ކަމަށެވެ. އަށް ވަނަ އަށްވީ ދުވަހު އެ މީހުން އަތުން ކާބޯތަކެތި ހުސްވުމުން ދެން ފެށީ ފަތް ކާން ކަމަށް ބުންޏެވެ. އަދި ބޯން ވާރޭ ފެން ލިބުނު ކަމަށް ބުންޏެވެ.

ޒާކިރު ބުނީ އެންމެ ފަހުން ބަންގްލަދޭޝް އަށް ދެވުމުން އުފާ ކުރާ ކަމަށެވެ. އަދި އެއީ މުސްލިމް ގައުމެއްގެ އިތުރުން ރައްކާތެރި ގައުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.