އެމްޑީޕީ ޔޫތު ވިންގުގެ ރައީސް ފުލުސް އޮފީހަށް ހާޒިރުކުރަނީ
އެމްޑީޕީ ޔޫތު ވިންގުގެ ރައީސް ފުލުސް އޮފީހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމް އަންނަ ހުކުރު ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.

އޭނާ ހާޒިރުކުރަނީ ފުލުހުންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައެއްގެ ތަހުގީގަށެވެ. އެއީ ސީދާ ކޮން މައްސަލައެއް ކަން ސާފެއް ނުވި އެވެ.

މީކާއިލް އަންނަނީ ސޯޝަލްމީޑިއާގައި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ވިދާޅުވަމުންނެވެ. އަދި ސަރުކާރާ ދެކޮޅަށް ބާއްވާ ހަރާކްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މީކާއިލް ފުލުހަށް ހާޒިރު މިކުރަނީ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގިނަ އަދަދެއްގެ މެމްބަރުންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކާ ގުޅޭ ގިނަ އަދަދެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.