07 ސެޕްޓެމްބަރ 2017 - 06:30

ސަނީ ޑެއޯލް މިހާރު އަންނަނީ އޭނާގެ ފިރިހެން ދަރިފުޅު ކަރަން ޑެއޯލް ބޮލީވުޑަށް ތައާރަފްކުރުމަށް "ޕަލް ޕަލް ދިލް ކެ ޕާސް" ކިޔާ ފިލްމެއް ތައްޔާރު ކުރަމުންނެވެ. މި ފިލްމަށް ނަން ދީފައި މިވަނީ ސަނީގެ ބައްޕަ ދަރުމެންދުރަ ވަރަށް ކުރިން ކުޅުނު ފިލްމެއް ކަމަށްވާ "ބްލެކްމެއިލް"ގެ ލަވައެއްގެ ނަމުންނެވެ.
ނަމަވެސް މި ފިލްމާ ގުޅޭ ގޮތުން ގިނަ ބަޔަކަށް ނޭނގޭ ހަގީގަތެއް އެބައޮތެވެ. ކަރަން ބޭނުންވީ އޭނާގެ ދަރިފުޅުގެ ފުރަތަމަ ފިލްމުގައި އޭނާގެ ފުރަތަމަ ފިލްމު "ބޭތާބު"ގެ ބަތަލާ އަމްރިތާ ސިންގުގެ ދަރިފުޅު ސާރާ އަލީ ޚާން ބައިވެރި ކުރާށެވެ. ނަމަވެސް އަމްރިތާ އެކަމާ އިންކާރު ކުރީ އެވެ.
ސަނީ މި ވާހަކަ އަމްރިތާއާ ދެއްކުމުން އޭނާ ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ސަނީ ބޭނުންވީ އޭނާ އާއި އަމްރިތާ އެކުގައި ބޮލީވުޑަށް ތައާރަފްވި ގޮތަށް އެމީހުންގެ ދަރިން ވެސް އެކުގައި ތައާރަފްކުރާށެވެ. ފުރަތަމަ ފިލްމު އެކުގައި ކުޅުމަށް ފަހު އަމްރިތާ އާއި ސަނީގެ މެދުގައި ވަރަށް ގާތް ގުޅުމެއް ގާއިމްވެފައި އޮތުމާއެކު ވެސް އަމްރިތާއަށް ސަނީގެ މި ޚިޔާލު އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. އެކަން ސަނީ އަށް ވިސްނުމާ އެކު އަމްރިތާ އަށް އިންކާރުކުރަން ފުރުސަތެއް ނުދީ އެ ވާހަކަ ނުދައްކާ ވާހަކައަކަށް ހަދާލީ އެވެ.
ސަނީގެ ދަރިފުޅު ކަރަންއާ އެކު އަމްރިތާގެ ދަރިފުޅު ސާރާ ބޮލީވުޑަށް ތައާރަފްކުރުމާ އަމްރިތާ ހިތްހަމަނުޖެހުނު ސަބަބެއް ނޭނގެ އެވެ.
ސާރާ ވެސް މިހާރު ވަނީ އޭނާގެ ފުރަތަމަ ފިލްުމު "ކޭދާރްނާތު"ގެ ޝޫޓިން ފަށައިފަ އެވެ. މި ފިލްމުގެ ބަތަލަކީ ސުޝާންތު ސިންގް ރާޖްޕޫތެވެ.