އެސްޓީއޯ ސުޕަމާޓުުން ޑެވޮންޑޭލް ހޯލްސޭލްކޮށް ވިއްކާ އަގު ހެޔޮކޮށްފި
އެސްޓީއޯ ސުޕަމާޓުުން ޑެވޮންޑޭލް ހޯލްސޭލްކޮށް ވިއްކާ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ޑެވޮންޑޭލް ކިރު ޕެކެޓް ހޯލްސޭލްކޮށް ވިއްކާ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެސްޓީއޯ ސްޕަމާޓުން ބުނީ ކުރިން 250ރ. އަށް ވިއްކި ޑެވޮންޑޭލް 1 ލިޓަރު ކޭހެއް މިއަދުން ފެށިގެން 210ރ. އަށް ވިއްކާނެ ކަމަށެވެ. އަދި ވަކިން ވެސް ޑެވޮންޑޭލް ކިރު ޕެކެޓެއް 25ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ސްޕަމާޓުގެ އިތުރުން ހޯލްސޭލް ސެންޓަރާއި ރީޖަނަލް ފިހާރަތަކުން ވެސް މިއަދުން ފެށިގެން ޑެވޮންޑޭލް ވިއްކާނީ އަގުހެޔޮކޮށް ކަމަށެވެ.

ކިރުގެ އަގު ހެޔޮކުރުމާ ބެހޭ ގޮތުން އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޑެވޮންޑޭލް އަކީ އޮސްޓްރޭލިޔާގެ އެއް ނަންބަރު ޔޫއެޗްޓީ މިލްކްގެ އިތުރުން ރާއްޖޭގައި ވެސް އިތުބާރު ލިބިފައިވާ، ގިނަ ބަޔަކު ބޭނުންކުރާ ކިރެއް ކަމަށެވެ. މީގެ ދިޔާ ކިރުގެ އަށް ބާވަތެއް އަދި ހިކި ކިރުގެ ދެ ބާވަތެއް ލިބެން ހުރެއެވެ.

ޑެވޮންޑޭލް އުފުލައި ގެންގުޅުމުގައި ބަލަންޖެހޭ މިންގަޑުތަކަށް ނުބަލައި، ރާއްޖޭގެ ބާޒާރުގައި ބައެއް އަމިއްލަ ފަރާތްތަކުން ޑެވޮންޑޭލް އެތެރެކޮށް ވިއްކަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ވެސް އެސްޓީއޯ އިން ވަނީ އެދިފަ އެވެ. އަދި ހޯލްސޭލްކޮށް ޑެވޮންޑޭލްގެ އުފެއްދުންތައް އެސްޓީއޯ ސުޕަމާޓުން ގަތުމަށް ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.

ޑެވޮންޑޭލްގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯ އެވެ. އެސްޓީއޯ އިން ޑެވޮންޑޭލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާތާ 20 އަހަރު ވެއްޖެ އެވެ.