ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބުތަކަށް ވިއްސާރަކުރާނެ: މެޓް
ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބުތަކަށް ވިއްސާރަކުރާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން މިއަދު ބުނެފި އެވެ.

މޫސުން ލަފާކޮށް މެޓުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު ތިން މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިކަމުގައި ވިޔަސް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މާދަމާއަކީ ފުރަ ނަކަތުގެ އެންމެ ފަހު ދުވަހެވެ. ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އުތުރަ ނަކަތް ދިގު ދެމިގެން ދާއިރު، އެ ނަކަތަކީ ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާ ނަކަތެކެވެ.