ވިލާ ކޮލެޖުގެ ކޯސްތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި
ވިލާ ކޮލެޖުގެ ކޯސްތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި

ވިލާ ކޮލެޖުން މި މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ހޮވުނު ދަރިވަރުން ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި
ވިލާ ކޮލެޖުގެ ކޯސްތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި

އެ ކޮލެޖުން ބުނި ގޮތުގައި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އިން 6:00 ވަންދެން ރެޖިސްޓްރޭޝަން ކުރިއަށްގެންދާނެ އެވެ.

މާލޭގައި ހުންނަ ކެމްޕަހުން ކިޔަވަމުން އަންނަ ދަރިވަރުން އެ ކޮލެޖުގެ ހޯލުގައި ހާއްސަކޮށްފައިވާ މޭޒުތަކުން ރަޖިސްޓްރީވެވޭނެ އެވެ. ރަށްރަށުގައި ގާއިމްކޮށްފައިވާ ކެމްޕަސްތަކުގެ ދަރިވަރުން ރަޖިސްޓްރީވުމާ ގުޅޭ މައުލޫމާތުތައް އެ ކެމްޕަހުން ދޭނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.

މިއަހަރުގެ ދެ ވަނަ އިންޓޭކުގެ ކިޔެވުން އަންނަ ހަފުތާގައި ފަށާއިރު، ހާހެއްހާ ދަރިވަރުން އެ ކޮލެޖާ އަލަށް ގުޅިފައިވާ ކަމަށް ވެސް ވިލާއިން ބުންޏެވެ.

މި މަހުގެ އިންޓޭކުގައި ވެސް ތަފާތު ދާއިރާތަކުން 53 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި އެވެ. އެއީ ފައުންޑޭޝަން ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށެވެ.

މި އިންޓޭކުގައި ވިލާ ކޮލެޖުން ވަނީ މުޅިން އަލަށް ދެ ކޯހެއް ފެށުމަށް ތައްޔާރުވެފަ އެެވެ. އެއީ ކަސްޓަމަ ކެއާ ކޯހާއި ޓޫރިޒަމް ދާއިރާ އަށް ޒުވާނުން ނެރެދިނުމަށް ފަށާ ޓޫރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސްގެ ކޯސްތަކެެވެ.

،