ވަރުން ދަވަންގެ "އޮކްޓޯބަރު"ގެ ބަތަލާ އަކަށް ބެނީޓާ ސަންދޫ
ވަރުން ދަވަންގެ "އޮކްޓޯބަރު"ގެ ބަތަލާ އަކަށް ބެނީޓާ ސަންދޫ

ވަރުން ދަވަން އަލަށް ސޮއިކުރި ޝޫޖިތު ސިރްކާރްގެ "އޮކްޓޯބަރު"ގެ ބަތަލާ އަކީ ކާކުކަން ވަރުން ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ. ބަތަލާގެ ނަން ހާމަކުރުމުގެ ގޮތުން ވަރުން ކުރި މެސެޖުގައި އެންމެ ފުރަތަމަ އަންހެންކުއްޖާގެ މޫނެއް ނުފެނެ އެވެ. ކުއްޖާ ހުންނަނީ ވަރުންގެ ފުރަގަހުގަ އެވެ. އަދި އޭނާގެ މޫނު ހުންނަނީ ވަކި ނުވާ ގޮތަށް ފުސް ކޮށްފަ އެވެ.

ނަމަވެސް ފަހުން ވަރުން ވަނީ އެއީ ވޮޑަފޯން ޔޫ އިޝްތިހާރުގައި ފެންނަ ބެނީޓާ ސަންދޫ ކަން ހާމަކޮށްފަ އެވެ. ބެނީޓާ، 18، އަކީ ލަންޑަންގައި ދިރިއުޅޭ އިންޑިއާގެ އާއިލާގެ އަންހެންކުއްޖެކެވެ. އޭނާ އުފަންވީ ވެސް އަދި ދިރިއުޅެނީ ވެސް ލަންޑަންގަ އެވެ.

ޕަންޖާބަށް ނިސްބަތްވާ ބެނީޓާ އަކީ އުމުރުން 11 އަހަރުން ފެށިގެން އެކްޓްކުރާ ކުއްޖެކެވެ. ނަމަވެސް މީހުންނަށް ބެނީޓާ އެނގެން ފެށީ "އޭކް އަޖްނަބީ ހަސީނާސޭ" ކިޔާ މިއުޒިކް ވީޑިއޯ އެއް ކުޅުނު ފަހުންނެވެ.