ވަރުންގެ "އޮކްޓޯބާ" އިން އާ ބަތަލާއަކު ބޮލީވުޑަށް ތައާރަފުކުރަނީ
ވަރުންގެ "އޮކްޓޯބާ" އިން އާ ބަތަލާއަކު ބޮލީވުޑަށް ތައާރަފުކުރަނީ

ޝުޖިތު ސިރްކާ ޑައިރެކްޓްކޮށް، ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމް "އޮކްޓޯބާ" އިން ބޮލީވުޑަށް އާ ބަތަލާއަކު ތައާރަފުކުރަން ނިންމައިފި އެވެ.

ބަތަލާއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައި ނުވިޔަސް، ވަރުން ވަނީ އިސްޓަގްރާމްގައި ބަތަލާ ވަރަށް ކުޑަކުޑަކޮށް ދައްކާލައިފަ އެވެ. އޭނާ އިސްޓަގްރާމް ކުރި ފޮޓޯއެއްގެ ކެޕްޝަނުގައި ބުނެފައި ވަނީ "އޮކްޓޯބާ" އަށް ހޯދި ބަތަލާ ލިބިއްޖެ ކަމަށެވެ. އެ ފޮޓޯގައި ވަރުންގެ ފަހަތުން ފޭޑްކޮށް ބަތަލާގެ މޫނުން ތަންކޮޅެއް ދައްކާލައިފައިވެ އެވެ.

މި ފިލްމުން އާ ބަތަލާއަކު ތައާރަފު ކުރާކަން ކަށަވަރުވެފައި މި ވަނީ ވަރުންއާ އެކު ބަތަލާއެއްގެ ގޮތުގައި "އޮކްޓޯބާ" ގައި ފެނިގެން ދާނީ ދީޕިކާ ޕަދްކޯން ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ވަރުންއާ އެކު، ލޯންޗް ކުރާ ބަތަލާއަކީ ލަންޑަންގައި ދިރިއުޅޭ މޮޑެލްއެއް ކަމަށްވާ ބަނީތާ ސަންދޫ އެވެ.

އޭނާ ވަނީ ބައެއް ބްރޭންޑްތައް ވެސް މީގެ ކުރިން އެންޑޯޒްކޮށްފަ އެވެ. އޭގެ ތެރޭގައި ވޮޑަފޯން އާއި ޑަބަލްމިންޓް ހިމެނެ އެވެ.

"އޮކްޓޯބާ" އަކީ 2015 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދީ "ޕީކޫ" އަށް ފަހު، ޝުޖިތު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އެ ފިލްމުގެ ސްކްރީން ރައްޓަރު ޗޫހީ ޗަދްރަވެރީގެ ވަރަށް ފުރިހަމަ ތަފާތު ސްކްރިޕްޓަކަޑް ހަދާ ލޯބީގެ ފިލްމެކެވެ.

ޝޫޖިތު ބުނީ "އޮކްޓޯބާ" ގެ ޝޫޓިން އަންނަ އޮކްޓޯބަރުގައި ފަށާނެ ކަމަށެވެ.

ކުޅުނު އެއްވެސް ފިލްމެއް މިހާތަނަށް ފްލޮޕް ނުވާ ވަރުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 29 ގައި ރިލީޒް ކުރާ "ޖުޅްވާ 2" އިންނެވެ.