ހައްޖުގެ އަޅުކަން އަދާކުރެވުނީ 45 އަހަރުގެ މަސައްކަތުން
ހައްޖުގެ އަޅުކަން އަދާކުރެވުނީ 45 އަހަރުގެ މަސައްކަތުން

މައްކާ (ސެޕްޓެމްބަރު 3) - މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެވުނީ ފިރިހެން ދަރިފުޅު 45 އަހަރު ވަންދެން މަސައްކަތްކޮށް ފައިސާ އެއްކޮށްދީގެން ކަމަށް ޕާކިސްތާނުގެ 98 އަހަރުގެ ހާޖް ނޫރު ބުނެފި އެވެ.

އޭނާ ބުނީ ދުނިޔޭގައި އުޅޭތާ ގަރުނެއް ވާން ކައިރިވެފައިވާ އިރު ހައްޖުވުމުގެ އުއްމީދު ދޫކޮށް ނުލާ ކަމަށެވެ. ނޫރު ބުނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ވަނީ ބައްޕަގެ އުއްމީދު ހާސިލްކޮށް ދިނުމަށް 45 އަހަރު ވަންދެން ބުރަކޮށް މަސައްކަތްކޮށް ފައިސާ ހަމަކޮށްދީފައި ކަމަށެވެ.

ނޫރު ބުނާ ގޮތުން އޭނާ ކައިވެންޏެއް ކުރީ އުމުރުން 20 އަހަރުގަ އެވެ. އެކަމަކު ފުރަތަމަ ދަރިފުޅު ލިބުނީ 60 އަހަރުވާން ކައިރިވެފައި ވަނިކޮށް ކަމަށް ބުންޏެވެ.

"ދަރިފުޅު ބޮޑުވެ ބައްޕަގެ އުއްމީދުގެ ވާހަކަ ބުނުމުން އޭނާ ވަނީ ކިތަންމެ ބުރަ މަސައްކަތެއްކޮށް، ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނު ނަމަވެސް ބައްޕަ އާއި މަންމަ ހައްޖަށް ފޮނުވައިދޭނެ ކަމަށް ވައުދުވެފައި. އެކަމަކު މީގެ ފަސް އަހަރު ކުރިން އޭނާގެ މަންމަ ވަނީ ދުނިޔެ ދޫކޮށްފައި. އަހަރެންނަށް ފައިސާ ލިބި އަދި ދުނިޔޭގައި ފުރިހަމަ ސިއްހަތަކާ އެކު ލަހައްޓައިފި ނަމަ އަންހެނުންނަށް ހައްޖެއް ކޮށްދޭނަން،" ނޫރު ބުންޏެވެ.

އޭނާ ބުނީ އުމުރުން ކިތަންމެ ދޮށި ނަމަވެސް ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެއްވެސް ދައްޗެއް ދިމާވެފައި ނުވާ ކަމަށެވެ.