ގަވާއިދާ ޚިލާފުވި 19 އުޅަނދެއް ފުރިޔަ ނުދީ ހުއްޓުވައިފި
ގަވާއިދާ ޚިލާފުވި 19 އުޅަނދެއް ފުރިޔަ ނުދީ ހުއްޓުވައިފި

އީދު ބަންދާ ދިމާކޮށް، ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފްވި 19 އުޅަނދެއް ފުރިޔަ ނުދީ ހުއްޓުވައިފި އެވެ.

ގަވާއިދާ ޚިލާފުވި 19 އުޅަނދެއް ފުރިޔަ ނުދީ ހުއްޓުވައިފި
ގަވާއިދާ ޚިލާފުވި 19 އުޅަނދެއް ފުރިޔަ ނުދީ ހުއްޓުވައިފި

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ކަނޑު އުޅަނދުތައް ބަލާ ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގައި މާލޭގެ ބަނދަރުތަކުން 92 އުޅަނދެއް ބަލައި ފާސްކުރިއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ލޯންޗު ފަހަރު ހިމެނެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އުޅަނދުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ސަލާމަތީ ކަންކަން ފުރިހަމަ ނުވާ 19 އުޅަނދެއް ދަތުރުކުރުން ހުއްޓުވުމަށް ފަހު، އެ ކަންކަން އިސްލާހު ކުރަން ނަސޭހަތް ދީފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގައި މީހުން އުފުލަން ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމާއި އަދި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ވެސް ބަލާފައިވާ ކަމަށް އެންއެންޑީއެފުން ބުންޏެވެ.

އެތަނުން ބުނީ އީދު ބަންދު ނިންމައި މީހުން ގޮވައިގެން މާލެ އަންނަ އުޅަނދުތައް ވެސް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.