ހައްޖުގެ އަޅުކަމުގެ ތެރޭގައި ނުވަ އަންހެނުން ވިހާފައިވޭ
ހައްޖުގެ އަޅުކަމުގެ ތެރޭގައި ނުވަ އަންހެނުން ވިހާފައިވޭ

މައްކާ (ސެޕްޓެމްބަރު 2) - މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ނުވަ އަންހެނަކު ވިހާފައިވާ ކަމަށް މައްކާގެ މެޓާނިޓީ އެންޑް ޗައިލްޑް ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. އަނަސް ސައްދަޔޫ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ހައްޖަށް ދިޔަ މީހުންނަށް މައްކާގެ ހޮސްޕިޓަލްތަކުން އެންމެ ޒަމާނީ ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މައްކާ ހޮސްޕިޓަލްގައި ވިހޭ އަލްޖީރިއާގެ އަންހެނަކު ބުނީ ދުނިޔޭގެ އެންމެ މާތް ބިމުގައި ވިހެއުމުގެ ނަސީބު ލިބުނީތީ އުފާ ކުރާ ކަމަށެވެ.

"އަޅުގަނޑު ހައްޖަށް އައީ އެކަނި. އެކަމަކު މިހާރު ބައިވެރިއަކު ލިބިއްޖެ. އެއީ އަޅުގަނޑުގެ ކުޑަ އަންހެން ދަރިފުޅު. އަޅުގަނޑުގެ ދަރިފުޅު ވިހޭ ރަށް އެނގޭ ގޮތަށް މިހާރު ވަނީ އުފަން ދުވަހުގެ ސެޓްފިކެޓެއް ވެސް ދީފައި،" އަލްޖީރިއާގެ އަންހެން މީހާ ބުންޏެވެ.

ޔަމަނުގެ އަންހެނަކު ވަނީ އަރަފާތު ބިމުގައި ވިހައިފަ އެވެ. އޭނާގެ ބަނޑުގައި ރިހެން ފެށީ އަލް ރަހުމާ ފަރުބަދަ ކައިރީ ހުއްޓަ އެވެ. ވަގުތުން އޭނާ ވަނީ އެ ސަރަހައްދުގައި ހުރި ނަމިރާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މޮރޮކޯގެ އަންހެނަކު ވެސް ވަނީ 2015 ވަނަ އަހަރު އަރަފާތު ބިމުގައި ވިހައިފަ އެވެ.