ހައްޖުގެ އަޅުކަން 2.35 މިލިއަން މީހުން އަދާކޮށްފި
ހައްޖުގެ އަޅުކަން 2.35 މިލިއަން މީހުން އަދާކޮށްފި

މައްކާ (ސެޕްޓެމްބަރު 1) - މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން 2.352 މިލިއަން މީހުން އަދާކޮށްފައިވާ ކަމަށް ސައުދީ އަރަބިއާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އިއުލާންކޮށްފި އެވެ.

މީގެ ތެރޭން 1.752 މިލިއަން މީހުންނަކީ ސައުދީ އަރަބިއާ އިން ބޭރުން ހައްޖަށް ދިޔަ މީހުންނެވެ. އަދި ސައުދީން ވެސް މި އަހަރު 600،108 މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ކަމަށް ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވަނީ 1.334 މިލިއަން ފިރިހެނުން އަދި 1.018 މިލިއަން އަންހެނުން ބައިވެރިވެފަ އެވެ. ދުނިޔޭގައި އެންމެ މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނީޝިއާ އިން މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވަނީ 221،000 މީހުން ބައިވެރިވެފަ އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ): 32،600 މީހުން

ޖީސީސީ ނޫން އަރަބި ގައުމުތައް: 383،044 މީހުން

އަރަބި ނޫން އޭޝިއާގެ ގައުމުތައް: 1.042 މިލިއަން

އަރަބި ނޫން އެފްރިކާގެ ގައުމުތައް: 186،873 މީހުން

ޔޫރަޕުގެ ގައުމުތައް: 84،894 މީހުން

ނޯތު އަދި ސައުތު އެމެރިކާ އާއި އޮސްޓްރޭލިއާ: 22،268 މީހުން