ލީސާ މާރީ ޕްރިސްލީގެ ހަތަރު ވަނަ ކައިވެނި ރޫޅާލަން ކޯޓަށް
ލީސާ މާރީ ޕްރިސްލީގެ ހަތަރު ވަނަ ކައިވެނި ރޫޅާލަން ކޯޓަށް

މިއުޒިކް ލެޖެންޑް އެލްވިން ޕްރެސްލީގެ އަންހެން ދަރިފުޅު އަދި ލަވަކިއުންތެރިޔާ ލީސާ މާރީ ޕްރިސްލީގެ ހަތަރު ވަނަ ކައިވެންޏާ ހަމައިން ވެސް އޭނާ ހަމަޖެހުމަކާ ހިސާބަށް ދާ ގޮތެއް ނުވެ އެވެ. މިހާރުގެ ފިރިމީހާ މައިކަލް ލޮކްވުޑްގެ ގާތުން ވަރިވާން އޭނާ މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ލީސާ މާރީ ޕްރިސްލީގެ ހަތަރު ވަނަ ކައިވެނި ރޫޅާލަން ކޯޓަށް
ލީސާ މާރީ ޕްރިސްލީގެ ހަތަރު ވަނަ ކައިވެނި ރޫޅާލަން ކޯޓަށް

ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން 10 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން ނިންމައި، ލީސާ، 48، ވަރީގެ މައްސަލަ ކޯޓަށް ހުށަހެޅީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި މައިކަލް އާއި އޭނާ އަށް ލިބުނު ދެ ދަރިން ލީސާގެ ގާތުގައި ބޭތިއްބުމުގެ އަމުރަކަށް އެދިފައިވާ ކަމަށްވެ އެވެ. އަދި މައިކަލްގެ ފަރާތުން މާލީ އެއްވެސް ބަދަލެއް އޭނާ ބޭނުން ނުވާ ކަމަށްވެ އެވެ.

ލީސާ އާއި ގިޓަރިސްޓް މައިކަލް ކައިވެނި ކުރީ 2006 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ލިބުނު އެއްމާބަނޑު ދެބެއިންގެ އުމުރުން މިހާރު ހަތް އަހަރެވެ.

ނައު ވަޓް (2005) ފަދަ އަލްބަމްތައް ނެރެފައިވާ ލީސާ އެންމެ ފުރަތަމަ ކައިވެނި ކުރީ 1988 ވަނަ އަހަރު ލަވަ ކިއުންތެރިޔާ ޑެނީ ކިއޯ އާ އެވެ. އެ ކައިވެންޏަށް ވެސް ދެ ކުދިން ލިބިފައި ވަނިކޮށް ވަރިވީ 1994 ގަ އެވެ.

އޭގެ ފަހުން ލީސާ ދެން ކައިވެނި ކުރީ ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަން އާ އެވެ. އެ ކައިވެނި ރޫޅުނީ 1996 ގަ އެވެ.

ޖެކްސަން އާ އޮތް ގުޅުން ނިމުމުކަށް އައުމުން 2000 ވަނަ އަހަރު ލީސާ ލަވަ ކިއުންތެރިޔާ ޖޯން އޮސަޖާ އެންގޭޖްވި އެވެ.

އެކަމަކު އު ގުޅުމުގެ ތެރޭގައި އުޅެނިކޮށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ނިކޮލަސް ކޭޖާ ދިމާވެ، ދެ މީހުން 2002 ވަނަ އަހަރު ކައިވެނި ކުރި އެވެ. އެ ކައިވެނި ދެމެހެއްޓުނީ 2004 އާ ހަމައަށެވެ.

ހަތަރު ކައިވެނި ވެސް ނާކާމިޔާބުވުމުން މިހާރު ދެން އުފެދޭ ސުވާލަކީ އަނެއްކާ ވެސް ފަސް ވަނަ ކައިވެންޏަށް ލީސާ ދާނެތޯ އެވެ؟ ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި އެއީ ނުވުމަށް ވުރެ، ވުން ކައިރި ކަމެކެވެ.