މެލޭޝިޔާގެ މަޝްހޫރު ކަޕް-ބޮން ރާއްޖެއަށް!
މެލޭޝިޔާގެ މަޝްހޫރު ކަޕް-ބޮން ރާއްޖެއަށް!

މެލޭޝިޔާގެ މަޝްހޫރު ކަޕް-ބޮން ފްރެންޗައިޒްގެ ފިނިބުއިން ވިއްކާތަކެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މެލޭޝިޔާގެ މަޝްހޫރު ކަޕް-ބޮން ރާއްޖެއަށް!
މެލޭޝިޔާގެ މަޝްހޫރު ކަޕް-ބޮން ރާއްޖެއަށް!

ކަޕް-ބޮން ފްރެންޗައިޒް ރާއްޖެއަށް ގެންނަނީ ބިލްސް 90 ކިޔާ ދިވެހި ކުންފުންޏަކުންނެވެ. އެ ކުންފުނިން ބުނީ ފްރެންޗައިޒް އެގްރީމެންޓުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއި ކޮށްފައިވާ ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރީ ބިލްސް 90ގެ ޑައިރެކްޓާ މުހައްމަދު ނާބިލް އާއި ކަޕްބޮންގެ ވެރިޔާ ވިންސެންޓް ޗިން އެވެ.

މެލޭޝިޔާގެ މަޝްހޫރު ކަޕް-ބޮން ރާއްޖެއަށް!
މެލޭޝިޔާގެ މަޝްހޫރު ކަޕް-ބޮން ރާއްޖެއަށް!

އެ ކުންފުނިން ބުނީ ކަޕް-ބޮންގެ ފިނި ބުއިންތައް ނޮވެމްބަރު ކުރީކޮޅު ވިއްކަން ފަށާނެ ކަމަށެވެ. އެތަން ހުންނާނީ ހުޅުމާލޭ ފެރީޓާމިނަލް ކުރިމަތީގައި ހުންނަ އޭއެމްޑީސީ ކްލިނިކްގެ ހުޅަނގުން ތަރައްގީ ކުރަމުންދާ ޕާކުގައި ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑުމެން މިތަން މި ހަދަނީ މިނީ ފުޑް ކޯޓެއްގެ ކޮންސެޕްޓަށް. ކަޕް-ބޮންގެ އިތުރުން ކޮފީ ކޯނަރަކާއި، ކާއެއްޗެހި ވިއްކާ އިތުރު އައުޓްލެޓެއް ހުންނާނެ،" ބިލްސް 90ގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެންގުޅޭނީ އާންމުކޮށް މި ހުންނަ ކަޕްތަކަށް ވުރެ ބޮޑެތި، ޖަންބޯ ކަޕްތަކެއް. މިހާރު ރާއްޖޭގައި ހުރި މިކަހަލަ ތަންތަނާ ތަފާތުވާނެ."

އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކަޕް-ބޮން ހާއްސަވާނީ ޒުވާނުންނަށް ކަމަށެވެ. އެގޮތުން ޒުވާނުންނަށް ޕާޓް-ޓައިމް ވަޒީފާތައް ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބިލްސް 90 އަކީ ކަޕް-ބޮންގެ މާސްޓާ ފްރެންޗައިޒް އެކެވެ. އެހެން ގައުމުތަކުގައި ކަޕް-ބޮންގެ އައުޓްލެޓްތައް ހުޅުވޭނީ އެ ކުންފުންޏާ ގުޅިގެންނެވެ.

ކަޕް-ބޮން އަކީ ފިނިބުއިންތަކަށް ހާއްސަކޮށް މެލޭޝިޔާގައި ހިންގަމުން އަންނަ އެންމެ މަޝްހޫރު އެއް ފްރެންޗައިޒް އެވެ. އެގޮތުން މެލޭޝިޔާ އާއި އިންޑޮނޭޝިޔާގައި ކަޕް-ބޮންގެ 90 އަށް ވުރެ ގިނަ އައުޓްލެޓްތައް ހުރެ އެވެ.