ބޯ ވިއްސާރައިގައި ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް

މުމްބާއީ (އޮގަސްޓް 30) - އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި އެ ސިޓީގައި ފެންބޮޑުވެ ދަތުރުފަތުރު ގާތްގަނޑަކަށް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ބޯ ވިއްސާރައިގައި ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް
ބޯ ވިއްސާރައިގައި ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް

މުމްބާއީގެ ބައެއް މަގުތަކުގައި ވަނީ އުނަގަނޑާ ހަމައަށް ފެންބޮޑުވެފަ އެވެ. އޮފިޝަލުން މިހާރު ވަނީ މުމްބާއީ ރައްޔިތުން ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. މުމްބާއީގައި އިއްޔެ ވަނީ ފްލައިޓް ދަތުރާއި ރޭލް ދަތުރުތައް ވެސް ހުއްޓާލައިފަ އެވެ. އަދި ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެއް ހޮސްޕިޓަލުގައި ވަނީ ފެންބޮޑުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ކުދިންގެ ވޯޑުގައި ތިބި ކުދިން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

ބޯ ވިއްސާރައިގައި ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް
ބޯ ވިއްސާރައިގައި ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުމްބާއީ އަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ލަފާކުރެ އެވެ. މުމްބާއީގައި 2005 ވަނަ އަހަރުގެ ޖުލައި މަހު ކުރި ވިއްސާރައިގައި ވަނީ ފެންބޮޑުވެ 500 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ބޯ ވިއްސާރައިގައި ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް
ބޯ ވިއްސާރައިގައި ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް

ދެކުނު އޭޝިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިންޑިއާގެ އިތުރުން ނޭޕާލާއި ބަންގްލަދޭޝްގައި ވެސް ފެންބޮޑުވެ 41 މިލިއަން މީހުންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ. އަދި ފެންބޮޑުވުމުގައި އެ ތިން ގައުމުން ވަނީ 1،200 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފައި ވަނީ ދެކުނު އޭޝިއާގެ މި ފަހަރުގެ ފެންބޮޑުވުމަކީ ފަހަކަށް އައިސް ސަރަހައްދީ ފެންވަރުގައި ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ މުސީބާތް ކަމަށެވެ.