ބޯޓިން އެވޯޑްސް ނޮވެމްބަރު 17 ގައި، އޮންލައިން ވޯޓިން މާދަމާ ބަންދުވާނެ
ބޯޓިން އެވޯޑްސް ނޮވެމްބަރު 17 ގައި، އޮންލައިން ވޯޓިން މާދަމާ ބަންދުވާނެ

ރާއްޖޭގެ އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާތައް އިތުރަށް ވަރުގަދަކޮށް، ފުޅާ ކުރުމަށް ބާއްވާ މޯލްޑިވްސް ބޯޓިން އެވޯޑްސް ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ބޯޓިން އެވޯޑްސް ނޮވެމްބަރު 17 ގައި، އޮންލައިން ވޯޓިން މާދަމާ ބަންދުވާނެ
ބޯޓިން އެވޯޑްސް ނޮވެމްބަރު 17 ގައި، އޮންލައިން ވޯޓިން މާދަމާ ބަންދުވާނެ

ބޯޓިން އެވޯޑްސް އަކީ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އާއި ޔުނިކާ ކުންފުނިން އިންތިޒާމް ކުރާ ހަފްލާއެކެވެ. ޔުނިކާ އިން ބުނީ އޮވޯޑް ހަފްލާ ބާއްވާނީ ނެޝަނަލް އާޓް ގެލަރީގައި ކަމަށެވެ.

މި އަހަރުގެ އެވޯޑަށް 25 ކުންފުންޏަކުން ކުރިމަތިލާފައިވާއިރު، އެވޯޑް ލިބޭނެ ކުންފުނިތައް ކަނޑައަޅާނީ ޖަޖުންގެ 60 ޕަސެންޓް އަދި އޮންލައިން ވޯޓުން 40 ޕަސެންޓް ހިނަމައިގެންނެވެ. އޮންލައިން ވޯޓިން ބަންދުވާނީ މަދަމާގެ ނިޔަލަށް ކަމަށް ޔުނިކާއިން ވަނީ ބުނެފަ އެވެ.

"އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު އޮންލައިން ވޯޓިން އަށް ވަރަށް ބޮޑު ޑިމާންޑެއް ލިބެމުން އަންނަނީ،" ބޯޓިން އެވޯޑްސްގެ މާކެޓިންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮންލައިން ވޯޓިން ނިމުމުން، އެވޯޑް ލިބޭ ކުންފުނިތައް ކަނޑައެޅުމަށް ޖަޖުންގެ ޕެނަލުން އަންނަ މަހު 10 ގައި މަސައްކަތް ފަށާނެ ކަމަށެވެ. ޖަޖުންގެ ޕެނަލަކީ ލޭމް އިން އެކުލަވާލާފައިވާ ޕެނަލެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ބޯޓިން އެވޯޑަށް އޮންލައިންކޮށް ވޯޓް ލެވޭނީ އެ އިވެންޓްގެ ރަސްމީ ވެބްސައިޓް www.boatingawards.mv އިންނެވެ.