ޔުނިފޯމް ނާޅާ ހުރި ފުލުހަކު މީހަކު ހައްޔަރު ކުރުމުން ދޫކޮށްލަން އަމުރުކޮށްފި
ޔުނިފޯމް ނާޅާ ހުރި ފުލުހަކު މީހަކު ހައްޔަރު ކުރުމުން ދޫކޮށްލަން އަމުރުކޮށްފި

ޔުނިފޯމްގައި ނާޅާ ތިބެ ފުލުހުން މީހަކު ހައްޔަރު ކޮށްފައިވާތީ އެ މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ މީހާ ދޫކޮށްލަން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. އާ ޚިލާފަށް އެ މީހާ ހައްޔަރު ކުރުމުން ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނީ މީހަކު ހައްޔަރު ކުރަން ޖެހޭނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދައާ އެކު، ޔުނިފޯމް އެޅި ފުލުހެއް ކަމަށެވެ.