29 އޯގަސްޓް 2017 - 13:00

މާލެ އިން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 17 އަހަރުގެ ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އދ. ހަންޏާމީދޫ، ބްލޫހެވަން އައިޝަތު ޝިމްރީން އިމާދު ގެއްލިގެން ހޯދަން ފަށާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
"ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން، މިހާތަނަށް އަދި އެކުއްޖާގެ ހަބަރެއް ނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.