އެމްޓީޑީސީގެ ހިއްސާދާރުން އަނެއްކާވެސް ހުސް އަތާ ގެއަށް!
އެމްޓީޑީސީގެ ހިއްސާދާރުން އަނެއްކާވެސް ހުސް އަތާ ގެއަށް!

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ފައިދާ 26 ޕަސެންޓް ދަށްވެ، އެ ކުންފުނީގެ ހިއްސާދާރުން އަނެއްކާވެސް ހުސް އަތާ ގެއަށް ދާން ޖެހިއްޖެ އެވެ.

އެމްޓީޑީސީގެ ހިއްސާދާރުން އަނެއްކާވެސް ހުސް އަތާ ގެއަށް!
އެމްޓީޑީސީގެ ހިއްސާދާރުން އަނެއްކާވެސް ހުސް އަތާ ގެއަށް!

ޓޫރިޒަމްގެ ވިޔަފާރި ކުރަން ސަރުކާރުން އުފެއްދި އެމްޓީޑީސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 69.72 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 95.31 ޕަސެންޓުން ވަނީ ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ފާސްކޮށްފަ އެވެ. ހިއްސާ ބަހަން ފެންނަ ކަމަށް ވޯޯޓް ދިނީ 4.69 ޕަސެންޓް ހިއްސާދާރުންނެވެ.

އެމްޓީޑީސީގެ ހިއްސާދާރުން އަނެއްކާވެސް ހުސް އަތާ ގެއަށް!
އެމްޓީޑީސީގެ ހިއްސާދާރުން އަނެއްކާވެސް ހުސް އަތާ ގެއަށް!

އެމްޓީޑީސީގެ ހިއްސާދާރުންނަށް 2009 ވަނަ އަހަރުގެ ފަހުން ހިއްސާގެ ފައިދާ ބަހާފައެއް ނުވެ އެވެ.

ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ބޯޯޑުން ހުށަހެޅުމާ އެކު، އާންމު ހިއްސާދާރުންގެ ތެރެއިން ބައެއް މީހުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި ހިއްސާ ބަހަން ނުފެންނަ ކަމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ސަބަބު ސާފުކޮށްދޭން ތަކުރާރުކޮށް އެދުނެވެ.

"އަޅުގަނޑުމެން ރިޓެއިން އާނިންގް ޕޮސިޝަން އަދި ޕޮޒިޓިވް ނުވޭ. ސީއެމްޑީއޭ އިން ޑިވިޑެންޓް ދޫކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ވަރަށް ނުދޭ،" ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްޓީޑީސީގެ އެމްޑީ އަބްދުﷲ ޝުޖާއު ވިދާޅުވި އެވެ.

ފައިދާގެ ގޮތުގައި 69.7 މިލިއަން ރުފިޔާ މިދިޔަ އަހަރު އެމްޓީޑީސީ އަށް ލިބުނުއިރު 2015 ވަނަ އަހަރު އެ ކުންފުންޏަށް 93.7 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.

އެމްޓީޑީސީގެ ޗެއާމަން އަލީ ނިޝާން ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމަށް 78.9 މިލިޔަން ރުފިޔާ ހަރަދުކުރި ކަމަށެވެ. ކުންފުނީގެ ހިންގުމަށް 2015 ވަނަ އަހަރު ހަރަދުކޮށްފައިވަނީ 25.3 މިލިއަން ރުފިޔާ އެވެ.

ނިޝާން ވިދާޅުވީ ހިންގުމުގެ ހަރަދު އިތުރުވީ، ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ސަބަބުން ކަމަށެވެ.

ޖޫރިމަނާ އަރާ ސަބަބު ސާފުކުރުމަށް ވެސް ތަކުރާރުކޮށް ހިއްސާދާރުން ސުވާލު ކުރި އެވެ. އަދި ބޯޑު މެމްބަރުގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާލައިފަ އެވެ.