28 އޯގަސްޓް 2017 - 10:32

ޔޫރަޕްގެ މަޝްހޫރު "ނޯވޯ ނޯޑިސްކް" އިންސިއުލިން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

ޑައިބެޓިކްސް މީހުންނަށް ހާއްސަ ނޯވޯ ނޯޑިސްކް އިންސިއުލިންގެ ލޯކަލް ޑިސްޓްރިބިއުޓަރަކީ އޭޑީކޭ ފާމަސީ އެވެ. އޭޑީކޭ އިން ބުނީ އަލަށް ތައާރަފް ކުރި އިންސިއުލިން އާސަންދައިގެ ދަށުން ލިބޭނެ ކަމަށެވެ.
އޭޑީކޭގެ އޮފިޝަލަކު ވިދާޅުވީ މި އިންސިއުލިންއަކީ ބޭނުން ކުރަން ވަރަށް ފަސޭހަކޮށް ފަރުމާ ކޮށްފައިވާ އެއްޗެއް ކަމަށެވެ.
"ހަކުރު މަތިވުުން ބޭނުން ވަރަކަށް ޖެހޭނެ، ރީފިލް ވެސް ކުރެވޭނެ. އިންްސިއުލަންގެ ކަށި ފަރުމާ ކޮށްފައި ވަނީ ބޭނުން ކުރާ މީހާ އަށް ވީހާވެސް ތަދު ކުޑަވާނެ ގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.
އިންސިއުލިން ތައާރަފް ކުރީ އައިޖީއެމްއެޗްގެ އެކަޑެމިކް އެންޑް ރިސާޗް ޔުނިޓާއި ނޯވޯ ނޯޑިސްކް ގުޅިގެން ހަކުރުބައްޔާއި ބެހޭގޮތުން ހޮނިހިރު ދުވަހު ހޮޓެލް ޖެންގައި ބޭއްވި މެޑިކަލް އެޑިޔުކޭޝަން ޕްރޮގްރާމުގަ އެވެ.
އައިޖީއެމްއެޗުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލް އަދި އެހެނިހެން ކްލިނިކް ތަކުގެ ގިނަ ޑޮކްޓަރުން ވަނީ ބައިވެރިވެފަ އެވެ.
ނޯވޯ ނޯޑިސްކް އަކީ ޑެންމާކު ކުންފުންޏެކެވެ. ޔޫރަޕް ގައުމުތަކުގައި އެންމެ މަޝްހޫރީ އެ ކުންފުނީގެ އިންސިއުލިން އެވެ.