ޗައިނާގެ ތިން މަނަވަރެއް ރާއްޖެ އަތުވެއްޖެ
ޗައިނާގެ ތިން މަނަވަރެއް ރާއްޖެ އަތުވެއްޖެ

ޗައިނާގެ ތިން މަނަވަރެއް، ރަހުމަތްތެރިކަމުގެ ދަތުރެއްގައި މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ޗައިނާގެ ތިން މަނަވަރެއް ރާއްޖެ އަތުވެއްޖެ
ޗައިނާގެ ތިން މަނަވަރެއް ރާއްޖެ އަތުވެއްޖެ

އެމްއެންޑީއެފުން ބުނީ ޗައިނީސް ނޭވީގެ ތިން މަނަވަރެއް ކަމަށްވާ ޗޭން ޗަން އާއި ޖިންގް ޒޫ އަދި ޗައޮ ހޫ ރާއްޖެ އައުމާ ގުޅިގެން ދިވެހި ސިފައިންގެ އިސް އޮފިސަރުންނާއި ސިފައިން ވަނީ އެ މަނަވަރުތަކުގެ ފަޅުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައި ކަމަށެވެ. އަދި އެ މީހުންނަށް މަރުހަބާ ކިޔުމަށް އެމްޕީއެލް ސަރަހައްދުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އިން ފުރާ މި ތިން މަނަވަރުގެ ސެއިލަރުންނާއި ދިވެހި ސިފައިން ގުޅިގެން ތަމްރީނު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބައެއް ކަހަލަ ކުޅިވަރު ހަރަކާތްތައް ވެސް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މީގެ އިތުރުން ގިރުފުށީ ޓްރެއިނިން ސެންޓަރާއި އެމްއެންޑީއެފްގެ ބައެއް ސަރަހައްދުތަކުގެ މަރުކަޒުތަކަށް ޗައިނާގެ މަނަވަރުތަކުގެ މީހުން ޒިޔާރަތް ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރާއްޖެ އަށް ޗައިނާގެ ތިން މަނަވަރު އައިސްފައިވާއިރު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ރާއްޖޭގެ ތަފާތު މަޝްރޫއުތަކަށް ވެސް ޗައިނާގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ޚާއްސަ މަޝްރޫއަކީ މާލެ-ހުޅުލެ ބްރިޖް އެޅުމެވެ.