28 އޯގަސްޓް 2017 - 06:13

ބަންގްލަދޭޝްގެ އަންހެނެއް ކަމަށްވާ ރަޒިއްޔާ ބޭގަމް އަކީ ވަރަށް ވޭންދެނިވި ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ.
ގޮތްނޭނގޭ ބައްޔެއް ޖެހުމުގެ ސަބަބުން ރަޒިއްޔާ، 40، ގެ އެއް ފައި ވަނީ އާދަޔާޚިލާފަށް ފަލަވެފަ އެވެ. އެ ފައިގައި މިހާރު 60 ކިލޯ އެބަހުއްޓެވެ. ދެ ކުދިންގެ މަންމައެއް ކަމަށްވާ ރަޒިއްޔާ އަށް މި ބަލި ޖެހުނީ މީގެ 18 އަހަރު ކުރިން އޭނާގެ އަންހެންދަރިފުޅު ވިހެއުމުގެ ތެރޭގައި ކުރިމަތިވި އިންފެކްޝަނަކަށް ފަހުގަ އެވެ.
މިއީ އެލަފަންޓިއޭސިސް ކިޔާ ބައްޔެއް ކަމަށް ޝައްކު ކުރެވުނަސް އެކަށީގެންވާ ޓެސްޓްތައް ނުހެދޭތީ އެ ބަލިކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ރަޒިއްޔާގެ ފަޔަށް މިހާ ބޮޑުވަރުވީ ކީއްވެ ކަމެއް ނޭނގެ އެވެ. ބަލީގެ ސަބަބުން ހެލިފެލިވެ ނޫޅެވޭތީ އާއިލާގެ މީހުންނަށް ބުރައަކަށް ވެފައިވާ ކަމުގެ އިހްސާސްތައް ރަޒިއްޔާއަށް ކުރެވެ އެވެ.
މިފަދަ ބަލިތަކާ ބެހޭ ގޮތުން ކުރިން ރިޕޯޓުކޮށްފައިވާ ބައެއް މީހުންގެ ބަލިތަކަށް ބަލާއިރު މިއީ މަދިރީގެ ޒަރިއްޔާއިން ހަށިގަނޑަށް ވަންނަ ރައުންޑްވޯމަކުން ޖައްސާ ބައްޔަކަށް ވެދާނެ ކަމަށްވެ އެވެ. އަދި ފައިގައި ހުރި ދުޅަތައް ރަޒިއްޔާގެ ބަނޑާ ހަމަޔަށް ފޯރައިފި ނަމަ އޭނާގެ ފުރާނަ އަށް ވެސް ނުރައްކާވާނެ ކަމަށް ބެލެވެ އެވެ. މި ބަލި ޖެހޭ ގިނަ މީހުންނަށް ހިނގާ ބިނގާވުމާއި ކުޑަކަމު ދިއުން ފަދަ ކަންތައްތައް ކުރުމަށް ދަތިތައް ކުރިމަތިވެ އެވެ.