ހުޅުމާލޭގައި އާޓިސްޓުންގެ ބޮޑު ފެސްޓިވަލެއް
ހުޅުމާލޭގައި އާޓިސްޓުންގެ ބޮޑު ފެސްޓިވަލެއް

އާޓިސްޓުުންނަށް ފުރުސަތުތައް ހޯދައިދީ ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ހުޅުމާލޭގައި އާޓިސްޓުންގެ ބޮޑު ފެސްޓިވަލެއް ފަށައިގެން ކުރިއަށް އެބަ ގެންދެ އެވެ.

ހުޅުމާލޭގައި އާޓިސްޓުންގެ ބޮޑު ފެސްޓިވަލެއް
ހުޅުމާލޭގައި އާޓިސްޓުންގެ ބޮޑު ފެސްޓިވަލެއް

"އާޓް ފެސްޓިވަލް 2017"ގެ ނަމުުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ މި ހަރަކާތުގައި ފަންސާހަކަށް އާޓިސްޓުން ބައިވެރިވެ އެވެ.

ހުޅުމާލޭގައި އާޓިސްޓުންގެ ބޮޑު ފެސްޓިވަލެއް
ހުޅުމާލޭގައި އާޓިސްޓުންގެ ބޮޑު ފެސްޓިވަލެއް

އެ ކުންފުނީގެ ޕްލޭނިން ޑިރެކްޓާ އިސްމާއިލް ޝާން ރަޝީދު ވިދާޅުވި ގޮތުގައި "މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ" އާ ގުޅިގެން އިއްޔެ ފެށި ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ، އެގޮތުން މިރޭ 11 ޖަހަންދެން ކުރިއަށްގެންދާ އެ ފެސްޓިވަލަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެންޓްރަލް ޕާކުގައި މައިގަނޑު ހަރަކާތް ކުރިއަށްގެންދިޔަ ކަމުގައި ވިއަސް ހުޅުމާލޭގެ ހަތަރު ސަރަަހަދެއްގައި އާޓިސްޓުންގެ ކުރެހުންތައް ދައްކާލާނެ އެވެ. އެއީ ބާބަކިއު އޭރިޔާ، ކޮމާޝަލް ސަަރަހަައްދު، ފެރީ ޓާމިނަލް ސަރަހައްދު އަދި ސެންޓްރަލް ޕާކު ތެރޭގަ އެވެ.

އެ ކުރެހުންތަކާއެކު ފޮޓޯ ނަގައި ސޯޝަލް މީޑިޔާގައި ބޭނުންކޮށްލެވޭނެ ގޮތަކަށް ބަހައްޓާފައިވާނެ ކަމަށް ޝާން ވިދާޅުވި އެވެ.

މިއީ އެޗްޑީސީން ކުރިއަށްގެންދާ ދެ ވަނަ އާޓް ފެސްޓިވަލެވެ. މިިދިޔަ އަހަރު އެ ކުންފުނިން ވަނީ ތްރީޑީ ސްޓްރީޓް އާޓް ފެސްޓިވަލެެއް ކުރިއަށް ގެންގޮސްފަ އެވެ.