ގާސިމްގެ ޝަރީއަތުގައި ފޮރެންސިކް ދެ ފުލުހެއްގެ ހެކިބަސް ނަގައިފި
ގާސިމްގެ ޝަރީއަތުގައި ފޮރެންސިކް ދެ ފުލުހެއްގެ ހެކިބަސް ނަގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާގައި، ފޮރެންސިކް ދެ ފުލުހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި ގާސިމަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދެ ފުލުހެއްގެ ހެކިބަސް ނެގީ އޭނާއާ ދެކޮޅަށް ހުށަހެޅި ވީޑިއޯ ރެކޯޑިންއާ ބެހޭގޮތުން މައުލޫމާތު ސާފުކުރަން ކަމަށް ގާސިމްގެ ވަކީލުން ބުންޏެވެ. އެ ޝަރީއަތް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ކަމަށްވާތީ އިތުރު ތަފްސީލެއް ވަކީލުން ނުދެ އެވެ.

އަޑުއެހުމަށް ފަހު ގާސިމް ވިދާޅުވި ގޮތުގައި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވާނެ އެވެ.

ގާސިމްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގާސިމަށް ގެއްލޭނެ އެވެ.