އިޓަލީގެ ބިންހެލުމުގައި ވެއްޓިފައިވާ ބައިތަކުގެ ދަށުން ތިން ބެއިން ސަލާމަތްކޮށްފި
އިޓަލީގެ ބިންހެލުމުގައި ވެއްޓިފައިވާ ބައިތަކުގެ ދަށުން ތިން ބެއިން ސަލާމަތްކޮށްފި

ރޯމް (އޮގަސްޓް 23) - އިޓަލީގައި ޗުއްޓީ އަށް ދާން މަޝްހޫރު ރަށެއް ކަމަށްވާ އިސްޝިއާ އަށް ބިން ހެލުން އައިތާ 16 ގަޑިއިރު ފަހުން، އިމާރްތަކުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުން ކުޑަ ކުޑަ ތިން ބެއިން ސަލާމަތްކޮށްފި އެވެ.

ފަޔާ ސާވިސް އިން ބުނީ ފުރަތަމަ ސަލާމަތް ކުރީ 11 އަހަރުގެ ކުޑަ ކުއްޖެއް ކަމަށެވެ. އޭގެ ފަހުން ވަނީ އޭނާގެ ދެ ކޮއްކޮ ސަލާމަތްކޮށްފަ އެވެ. މީގެ ތެރޭން އެއް ކުއްޖެއްގެ އުމުރަކީ ހަތް މަހެވެ. އަނެއް ކުއްޖާގެ އުމުރަކީ އަށް އަހަރެވެ. ބިންހެލުމުގައި ވަނީ ދެ އަންހެނުން މަރުވެ 39 މީހުން ޒަޚަމްވެފަ އެވެ.

ރިކްޓާ މިންގަނޑުން ހަތަރެއްގެ ބާރު މިނުގައި ބިންހެލުން އައި އިސްޝިއާ އަކީ 50،000 މީހުންގެ އާބާދީއެއް އޮންނަ ޓޫރިސްޓުންގެ މަޝްހޫރު ރަށެކެވެ. ބިންހެލުން އައި އިރު ގިނަ މީހުން ތިބީ ރެސްޓޯރެންޓްތަކާއި ބާތަކުގަ އެވެ.

އެގާރަ އަހަރުގެ ސީރޯ ދިރިހުއްޓާ ސަލާމަތް ކުރުމާ އެކު ގިނަ ބަޔަކު ވަނީ އުފަލުގެ ޝުއޫރު ފާޅުކޮށްފަ އެވެ. އޭނާގެ ދެ ކޮއްކޮ ސަލާމަތްވުމުގައި ސިރޯ އަށް ވަނީ ތައުރީފް ކޮށްފަ އެވެ. ބިން ހެލުމުގައި ގުޑަން ފެށުމާ އެކު އޭނާ ވަނީ ދެ ކޮއްކޮ އެނދުދޮށަށް ވައްދައިފަ އެވެ.

ބިންހެލުމުގައި ތިން ކުދިންގެ މައިންބަފައިން ކުރިން ވަނީ ސަލާމަތްވެފަ އެވެ. އެ ކުދިން ގެއްލިފައިވާކަން އެ މީހުން ވަނީ ސަމާލު ކަމަށް ގެނެސްފަ އެވެ.

ނޭޕްލްސް އިން އެއްގަޑިއިރުން ފެރީގައި ދެވޭ އިސްޝިއާ އަށް 5.8 ގެ ބާރުމިނުގައި 1883 ވަނަ އަހަރު އައި ބިންހެލުމުގައި ވަނީ 2،000 މީހުން މަރުވެފަ އެވެ.