އަވި އައިނު ނެތި ޓްރަމްޕް އިރުކޭތަ އަށް ބައްލަވައިފި
އަވި އައިނު ނެތި ޓްރަމްޕް އިރުކޭތަ އަށް ބައްލަވައިފި

ވޮޝިންޓަން (އޮގަސްޓް 22) - އިރުކޭތަ ހިފާ މަންޒަރު ބަލަން އެމެރިކާގެ އެތައް މިލިއަން ބަޔަކު އިއްޔެ ނުކުތް އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވައިޓް ހައުސްގައި ހުންނަވާ އާއިލާއާ އެކު ކޭތަހިފާ މަންޒަރު ބައްލަވައިފަ އެވެ. ނަމަވެސް ޓްރަމްޕް ވަނީ ރައީސް އަށް "ކުރެއްވޭނެ ކަންތަކާއި ނުކުރެއްވޭނެ ކަންތަކުގެ" މެމޯ އިން އެއް ކަމެއް ދޫކޮށްލައްވައިފަ އެވެ. ރައްކާތެރި ކަމުގެ ގޮތުން ލޮލުގައި އެއްވެސް އެއްޗެއް ނާޅުއްވާ ސީދާ އިރުކޭތަ އަށް ބައްލަވައިފަ އެވެ.

އަވި އައިނު ނެތި ޓްރަމްޕް އިރުކޭތަ އަށް ބައްލަވައިފި
އަވި އައިނު ނެތި ޓްރަމްޕް އިރުކޭތަ އަށް ބައްލަވައިފި

އަނބިކަނބަލުން މެލަނިއާ އަދި ދަރިކަލުން ބެރޮންއާ އެކު ވައިޓް ހައުސްގެ ބެލްކަންޏަށް ނުކުންނަވާ އިރުކޭތަ އަށް ޓްރަމްޕް ސީދާ ބައްލަވަން ފެއްޓެވުމުން ވައިޓް ހައުސްގެ އޮފިޝަލް ޓެޑް މޭން ވަނީ އެގޮތަށް ނުބެއްލެވުމަށް ޓްރަމްޕަށް ދަންނަވައިފަ އެވެ.

އަވި އައިނު ނެތި ޓްރަމްޕް އިރުކޭތަ އަށް ބައްލަވައިފި
އަވި އައިނު ނެތި ޓްރަމްޕް އިރުކޭތަ އަށް ބައްލަވައިފި

އިރުކޭތަ ބަލަން ޚާއްސަ އާލާތެއް ލޮލުގައި ނާޅާ ކޭތަ ހިފާ މަންޒަރު ބެލުމަކީ ލޮލަށް ގެއްލުން ލިބި ނުވަތަ ލޯ ހުސްވެދާނެ ފަދަ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ކޭތަ ހިފާ މަންޒަރު ހަމަ ލޮލުން ބަލައިފި ނަމަ ވަރަށް ގިނަ ފަހަރު ލޮލުގައި ރިއްސަ އެވެ.

އަވި އައިނު ނެތި ޓްރަމްޕް އިރުކޭތަ އަށް ބައްލަވައިފި
އަވި އައިނު ނެތި ޓްރަމްޕް އިރުކޭތަ އަށް ބައްލަވައިފި

ހަމަލޮލުން އިރުކޭތަ އަށް ޓްރަމްޕް ބެއްލުވުމުން އެމަނިކުފާނުގެ ލޮލަށް އެއްވެސް ކަމެއްވެފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފައެއް ނުވެ އެވެ.

އިރާ ހަނދު ހުރަސްވެ އިއްޔެ ހިފި ފުރިހަމަ އިރުކޭތަ އެމެރިކާގެ ބޮޑު ސަރަހައްދަކަށް ވަނީ ފެނިފަ އެވެ. ހުޅަނގުގެ އޮރެގަން އިން އިރުމަތީގެ ސައުތު ކެރޮލީނާގައި އެތައް މިލިއަން ބަޔަކު ވަނީ ކޭތަ ހިފާ މަންޒަރު ބަލައިފަ އެވެ. މިއީ 38 އަހަރު ތެރޭ އެމެރިކާ އަށް ފެނުނު ފުރަތަމަ ފުރިހަމަ އިރުކޭތަ އެވެ. އިރު ގެއްލި އަނދިރިކަން ގާތްގަނޑަކަށް ދެ މިނިޓެއްހާއިރަށް ދެމިގެން ދިޔަ އެވެ.