ވެއްޓުނު އިޖިޕްޓް އެއާގެ ފްލައިޓް ޑޭޓާ ރެކޯޑަރު ރިޕެއާ ކޮށްފި
ވެއްޓުނު އިޖިޕްޓް އެއާގެ ފްލައިޓް ޑޭޓާ ރެކޯޑަރު ރިޕެއާ ކޮށްފި

ޕެރިސް (ޖޫން 28) - މިދިޔަ މަހު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުނު އިޖިޕްޓް އެއާގެ ހަލާކުވެފައިވާ ފްލައިޓް ޑޭޓާ ރެކޯޑަރު ފްރާންސްގައި ރިޕެއާކޮށްފައިވާ ކަމަށް މިސްރުގެ އިންވެސްޓިގޭޓަރުން ބުނެފި އެވެ.

ވެއްޓުނު އިޖިޕްޓް އެއާގެ ފްލައިޓް ޑޭޓާ ރެކޯޑަރު ރިޕެއާ ކޮށްފި
ވެއްޓުނު އިޖިޕްޓް އެއާގެ ފްލައިޓް ޑޭޓާ ރެކޯޑަރު ރިޕެއާ ކޮށްފި

އެއާބަސް އޭ320 ގެ ކޮކްޕިޓް ވޮއިސް ރެކޯޑަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އިންވެސްޓިގޭޓަރުން ބުންޏެވެ. ފްލައިޓް ޑޭޓާ ރެކޯޑަރު ރިޕެއާ ކުރެވުމަކީ ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމެކެވެ.

ޕެރިހުން ފުރައިގެން ގާހިރާ އަށް 66 މީހުންނާ އެކު ދަތުރުކުރި ބޯޓު މެޑިޓެރޭނިއަން ކަނޑަށް ވެއްޓުނީ މިދިޔަ މަހު 19 ވަނަ ދުވަހު އެވެ.

މިސްރުގެ އިންވެސްޓިގޭޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފްލައިޓް ޑޭޓާ ރެކޯޑަރު ރިޕެއާކޮށްފައި ވަނީ ފްރާންސްގެ އެކްސިޑެންޓް އިންވެސްޓިގޭޝަން އެޖެންސީ ލެބޯޓްރީގައި ކަމަށެވެ. ބޯޓުގެ ބްލެކް ބޮކްސް ރިޕެއާ ކުރުމަށް ޕެރިހަށް ގެންދިޔައީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. ރިޕެއާ ކުރި ބްލެކް ބޮކްސް އަނބުރާ ގާހިރާ އަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަނެއްކޮޅުން ޕެރިހުގެ ޕްރޮސެކިއުޓަރުން އިއްޔެ ވަނީ ބޯޓު ވެއްޓުނު ހާދިސާގައި މީހުން މަރުވެފައިވާތީ ތަހުގީގު ފަށައިފަ އެވެ. އަދި އެ ތަހުގީގު ފެށީ އެއީ ޓެރަރިޒަމާ ގުޅުމެއް ނެތް ހާދިސާއެއް ކަމަށް މިހާތަނަށް ބެލެވިފައިވާތީ އެވެ.