ޕަވާ ޓޫލްސް ބޭނުންކުރާ ގޮތް އޭސް ހާޑްވެއާއިން ދައްކާލައިފި
ޕަވާ ޓޫލްސް ބޭނުންކުރާ ގޮތް އޭސް ހާޑްވެއާއިން ދައްކާލައިފި

‎އޭސް ހާޑަވެއާ އަދި ހޯމްސެންޓަރުން ވިއްކާ ޕަވާޓޫލްސް ބޭނުންކުރާ ގޮތް ދައްކާލައިފި އެވެ.

އެ ފިހާރައިން ބުނީ މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ ބޭނުމަކީ ޕަވާޓޫލްސްތަކުން ކުރާ ކަންތައްތައް ވީހާވެސް ގިނަ މީހުންނަށް އެއްތަނަކުން ދައްކާލުން ކަމަށެވެ. އެގޮތުން ވަރަށް ގިނަ އަދަދެއްގެ ޓޫލްސް ތަކުން ކުރެވޭ ބޭނުންތައް އެ ހަރަކާތުގައި އާންމުންނަށް ދައްކާލި ކަމަށް އޭސް ހާޑްވެއާ އިން ބުންޏެވެ.

އޭސް ހާޑްވެއާއިން ދައްކާލި ޓޫލްސްތަކުގެ ތެރޭގައި މިލްވައުކީ އާއި އޭއީޖީ އަދި އޭސް ފަދަ ބްރޭންޑްތައް ހިމެނެ އެވެ. މި އިވެންޓްގައި ތަކެތި ގަތުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފަ އެވެ. އަދި އެތަނުގައި 15 މީހުންނާއެކު ލައިވް ޑެމޯއެއްގެ އިތުރުން ލޯވަޅު އެޅުމުގެ މުބާރާތެއް ވެސް ބާއްވާފައިވެ އެވެ.

މި މުބާރާތުގައި ކޮންމެ މީހަކަށް ވެސް 30 ސިކުންތު ތެރޭގައި ވީހާވެސް ގިނަ ލޯވަޅު އަޅަން ޖެހުނެވެ. އެގޮތުން އެންމެ ގިނަ ލޯވަޅު އެޅި މީހަކަށް 14.4 ވޯލްޓްގެ އޭސް މެކްސް ކޯޑްލެސް ބުރުމާއެއް ދީފައިވެ އެވެ.

އެ މުބާރާތް ކާމިޔާބު ކުރި އަދުނާން އަބްދުލް ހަމީދު ވަނީ 30 ސިކުންތުގެ ތެރޭގައި 63 ލޯވަޅު އަޅައިފަ އެވެ.

‎އޭސް ހާޑްވެއާ އިން ބުނީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އެތައް ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.