"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި
"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި

ރަސްރަނި ބަގީޗާގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިރޭ ސަލްޓަން ޕާކު ހުޅުއްވައިދެއްވައިފި އެވެ.

"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި
"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި

ކުލަގަދަ ރަސްމިއްޔާތަކާއެކު، އާ ޕާކު ހުޅުއްވައިދެއްވީ މާލޭގެ އެކި ސްކޫލުތަކުގެ 50 ދަރިވަރުންނާ އެކު އެވެ.

"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި
"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި

"ރަސްރަނި" ދިވެހިބަހުގައި ބޭނުންކުރަނީ ރަސްރަސްކަލުންނާއި ރަނިކަނބަލުންނަށް ކުރުކޮށް ކިޔާ ނަމެއްގެ ގޮތުގަ އެވެ. އަދި ރީތި އަންހެނުންނަށް ނިސްބަތްކޮށް ވެސް "ރަސްރަނި" ބޭނުންކުރެ އެވެ.

"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި
"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި

އެމްއެންޑީއެފުން ސަލްޓަން ޕާކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ފާހަގަ ކޮށްލެވޭ އެއްތަނަކީ ބިމުން ފެށިގެން 12 ވަރަކަށް ފޫޓު އުހުގައި ހަދާފައި ހުންނަ "ރަސްރަނި ވިއު" ކިޔާ ތަނެކެވެ. މިތަނުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ދަރިވަރުންނަށް ކިޔެވޭ ގޮތަށް ކްލާސްރޫމުތަކަކާއި ކުރެހުމުގެ ހުނަރު ދައްކާލުމަށް އާޓް ޑެކެއް ހަދާފައި ހުރެ އެވެ. ބިއްލޫރިން ހަދާފައި ހުންނަ މިތަނުގައި މަޑުކޮށްލައިގެން ހުންނައިރު މުޅި ޕާކު ތެރެ ފެނެ އެވެ.

"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި
"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި

މިތަން ހަދާފައި ހުންނަނީ ބައްދަލުވުންތައް ވެސް ބޭއްވޭނެ ފަދަ ގޮތަަކަށެވެ.

"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި
"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި

މީގެ އިތުރުން ވެސް ދެބުރިއަކަށް ވާގޮތަށް ހުންނަ ބޮޑު ފެންއަރުވާ ވަޑާމަކާއި ޓްރީ ހައުސް ބްރިޖެއް އަދި ޕާކުގެ ފެހިކަން ފެންނަ ގްރީން ޓަނަލަކާއި ވާޓިކަލް ބަގީޗާއެއް ވެސް މިތަނުގައި އޮވެ އެވެ.

"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި
"ރަސްރަނި ބަގީޗާ"ގެ ނަމުގައި ސަލްޓަން ޕާކު އަލުން ހުޅުވައިފި

އޭގެ އިތުރުން އެންމެ ކުރީއްސުރެ ރާއްޖޭގައި ކުޅޭ ކުޅިވަރެއް ކަމަށްވާ، ކޮރާ ކުޅެން ހާއްސަ ކޮރާ ގެއަކާއި އިހުގެ ގޮތްގަނޑު ދައްކައިދޭ މަރިޔާދު ގެއެއް ވެސް ހުރެ އެވެ.

ރާއްޖޭގައި އޮތް ރަސްކަން، 1968 ގައި ނިމުމާއެކު އޭރު ގަނޑުވަރު ހުރި ތަން ބަދަލުކޮށްފައި ވަނީ ސަލްޓަން ޕާކަށެވެ. މި އަހަރުގެ ނޮވެމްބަރު 11 ގައި، ސަލްޓަން ޕާކަށް 50 އަހަރު ފުރޭއިރު މިއީ އެތަނުގެ ނަން ބަދަލުކުރި ފުރަތަމަ ފަހަރެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި ޕާކަކީ ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ ފަދަ ތަނަކަށް ވާނެ އެވެ.

މި ޕާކުގައި މިހާތަނަށް ނުނިމި ވަނީ ވިންޓާ ކޯނާގެ މަސައްކަތެވެ. އެކަމަކު ނޮވެމްބަރު މަހުގެ ނިޔަލަށް އެތަން ވެސް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.