ދިވެހި އުފެއްދުންތަކަށް ހާއްސަ ކޯނާއެއް އެސްޓީއޯ ސުޕަމާޓުުގައި ހުޅުވައިފި
ދިވެހި އުފެއްދުންތަކަށް ހާއްސަ ކޯނާއެއް އެސްޓީއޯ ސުޕަމާޓުުގައި ހުޅުވައިފި

ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް އެސްޓީއޯ ސުޕަމާޓުގައި މިއަދު "ކޯނާ" އެއް ހުޅުވައިފިއެވެ.

އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މި ކޯނާ ހުޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

އެސްޓީއޯއިން ބުނީ ސުޕަމާޓުގައި މިފަދަ ކޯނާއެއްް ހުޅުވީ ދިވެހި އުފެއްދުންތަކަށް ފުރުސަތުދީ އެއްތަނަކުން ފަސޭހައިން ދިވެހި އުފެއްދުންތަށް ލިބޭނެ ގޮތް ހަދަން ކަމަށެވެ.

އެސްޓީއޯ ސުޕަމާޓަކީ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ވިޔަފާރިކުރާ ތަނަކަށްވުމުން މި ކޯނާގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިވެހިންގެ އުފެއްދުންތައް އިޝްތިހާރު ވުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން އިއްޔެ ވަނީ ކޯނޭ ބްރޭންޑްގެ ލިފްޓް ވެސް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ. "ކޯނޭ" އަކީ ލިފްޓުގެ އިތުރުން އެސްކަލޭޓަރާއި އޮޓޯ ވޯކްގެ އިތުރުން އޮޓޯ ދޮރު ވެސް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ އެ ހުރިހާ އުފެއްދުންތަކުގެ ރާއްޖޭގެ އޮތޯރައިޒް ޑިސްޓްރިބިއުޓަރުކަން އެސްޓީއޯއަށް ދީފަ އެވެ.