21 އޯގަސްޓް 2017 - 17:22

ދިމިޝްގު (އޮގަސްޓް 21) - ސީރިއާގެ ވެރިރަށް ދިމިޝްގުގައި ބޭއްވި ޓްރޭޑް ފެއާއަކަށް ރޮކެޓް ހަމަލާދީފި އެވެ.
ދިމިޝްގު އިންޓަނޭޝަނަލް ފެއާ މި ބާއްވަނީ 2011 ވަނަ އަހަރު އެ ގައުމުގައި މަދަނީ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށެވެ. ދިހަ ދުވަހުގެ މުއްދަތަށް ބާއްވާ މި ފެއާ އަކީ ސީރިއާގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު އިވެންޓެވެ. ސީރިއާގެ ރަސްމީ ޓީވީން ބުނީ ރޮކެޓް ހަމަލާގައި ބައެއް މީހުން މަރުވި ކަމަށެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހަމަލާގައި ފަސް މީހުން މަރުވެފައިވާ ކަމަށެވެ.
ފެއާގެ ޑިރެކްޓަރު ޖެނެރަލް ފާރިސް އަލް ކާޓަލީ ވިދާޅުވީ އަހަރުތަކަކަށް ފަހު ފެއާ ބޭއްވުމުގެ ބޭނުމަކީ ސީރިއާގެ ބޮޑު ސަރަހައްދަކަށް ހަމަޖެހުން އައިސްފައިވާކަން ކަމަށެވެ. ސީރިއާގެ މަދަނީ ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ވެސް ދިމިޝްގަށެވެ.
ސީރިއާގެ މަދަނީ ހަނގުރާމައިގައި 330،000 މީހުން މަރުވެ އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.