ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށްދެއްވާ: އިބޫ
ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށްދެއްވާ: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އަވަސްކޮށް ދެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގޮވާލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށްދެއްވާ: އިބޫ
ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށްދެއްވާ: އިބޫ

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންނާއި އިދިކޮޅު ހަރާކަތުގައި ބައިވެރިވެރިވެ ވަޑައިގަންނަވާ ބައެއް ބޭފުޅުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރައްވަން އެ ކޯޓަށް ވަޑައިގަތުމަށް ފަހު ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮންނަތާ މަސް ދުވަސް ވެފައިވާ ކަމަށެވެ. މިހާ ގިނަ ދުވަސްވާއިރު، ސުޕްރީމް ކޯޓުން މިހާރު ގޮތެއް ނިންމާފައި އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށްދެއްވާ: އިބޫ
ސުޕްރީމް ކޯޓުގެ ހުކުމް އަވަސްކޮށްދެއްވާ: އިބޫ

އެ ބޭފުޅުން ވިދާޅުވީ އުއްތަމަ ފަނޑިޔާރު "ބިޒީކޮށް އުޅުއްވާތީ" މިއަދު ބައްދަލުކުރެއްވޭ ގޮތެއް ނުވި ކަމަށެވެ.

"ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮންމެ ފަހަރަކު ސަރުކާރާ އެއްކޮޅަކަށް ހުކުމެއް ނުނުކުމެދާނެ. ނަމަވެސް އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތެއް، ޒިންމާއެއް އަދި ވާޖިބެއް އެއީ ޝަރީއަތުގެ ނިންމުން އަވަހަށް ރައްޔިތުންނަށް ހާމަކުރުން،" މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ހަތަރު މެމްބަރުން ހުށަހެޅުއްވި މައްސަލާގައި ގޮތެއް ނުނިމި ލަސްވުމަކީ ވަރަށް ގިނަ ބައެއްގެ ހައްގު ގެއްލިގެންދާ ކަމެކެވެ. އެހެންވެ، ފަނޑިޔާރުން ކޮންމެ ގޮތަކަށް ނިންމެވިޔަސް، ހުކުމެއްގެ ގޮތުގައި ރައްޔިތުންނަށް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނޫން ނަމަ، ވަރަށް ބޮޑު ހައްގުތަކެއް ގެއްލިގެން މިދަނީ. މެމްބަރުންތަކެއްގެ ވާހަކަ މިދައްކަނީ. އެތައް ބައެއްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރައްވަން ހޮއްވަވާފައި ތިއްބެވި ބޭފުޅުން. ގެއްލިގެންދާ ކޮންމެ ވަގުތަކީ ވަރަށް މުހިންމު ވަގުތެއް،" އިބޫ ވިދާޅުވި އެވެ.

އެހެންވީމަ (ސުޕްރީމް ކޯޓަށް) އިލްތިމާސްކޮށް މި ދަންނަވަނީ. މިއަދު ވެސް އައީ އެކަމަށް. އަވަސް ކުރައްވާ، މީގައި ހުކުމެއް އިއްވަވައި ދެއްވާ. ބައެއް ފަހަރު އުއްތަމަ ފަނޑިޔާރު ގަބޫލު ނޫން ގޮތަކަށް ނިމިފައި ހުރެދާނެ. އެބަހުރި މީގެ ކުރިން ވެސް އެކަންވެފައި،"

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިންމާލިތާ ދުވަސްކޮޅެއްވެއްޖެ އެވެ.

އެ މައްސަލަތަކުގެ ހުކުމެއް ނައިސް ލަސްވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް ކަނޑައަޅަން، ދައުލަތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ނިމިގެން ދިޔައީ ހަފްތާއެއްގެ ތެރޭގައި ކަމަށެވެ. އެކަމަކު ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމެއް ނައިސް ލަސްވާތީ ރިޔާޒް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައެޅީ ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ހަތަރު މެމްބަރުންގެ މައްސަލާގައި ހުކުމަކަށް ދިއުމުގައި ސަރުކާރުގެ ނުފޫޒު އޮތް ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކާ ކަމުގެ އަޑުތަކެއް އިވިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އެއްވެސް ބަޔަކަށް ފަނޑިޔާރުންނަށް ބިރު ނުދެއްކޭނެ ކަމަށާއި ގައުމީ ސަލާމަތީ ބާރުތަކުން ފަނޑިޔާރުން ހިމާޔަތް ކުރަން ޖެހޭނެ ކަމަށް ވެސް ކުރިން ޕޮލިސް ކޮމިޝަނަރު ކަން ކުރެއްވި ރިޔާޒް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތަކީ އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންގެ އިތުބާރު ހޯދުން، އެ އިތުބާރު އަޅުގަނޑުގެ އެބައޮތް،" އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ރިޔާޒް ވިދާޅުވި އެވެ.