ޕީއެސްއެމް އަށް ނުވަ ލައްކަ ރުފިޔާ ދައްކަން، ސަންގު ޓީވީ ކުރިން ހިންގި ކުންފުންޏަށް ހުކުމްކޮށްފި
ޕީއެސްއެމް އަށް ނުވަ ލައްކަ ރުފިޔާ ދައްކަން، ސަންގު ޓީވީ ކުރިން ހިންގި ކުންފުންޏަށް ހުކުމްކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް 950،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން، ސަަންގު ޓީވީ ކުރިން ހިންގި ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސަންގު ޓީވީ ކުރިން ހިންގި ސެވަން މީޑިއާ ޕްރައިވެޓް ލިމިޓެޑަށް އެ ހުކުމް އައީ ޕީއެސްއެމް އިން ފޯރުކޮށްދިން ސެޓަލައިޓް އަޕްލިންކް ޚިދުމަތަށް ދައްކަން ޖެހޭ 950،000 އަށް ވުރެ ގިނަ ރުފިޔާ ނުދެއްކުމުން އެ ފައިސާ ހޯދަން ޕީއެސްއެމް އިން ދައުވާ ކުރުމުންނެވެ.

މިދިޔަ ހޯމަ ދުވަހު ކޯޓުން ކުރި ހުކުމުގައި ވަނީ އެއީ ދައްކަންޖެހޭ ފައިސާއެއް ކަން މަދަނީ މިންގަނޑުން ސާބިތުވާތީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށް އަންގާ ކަމަށެވެ. އެ ހުކުމް ކޮށްފައިވަނީ ސެވަން މީޑިއާ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.