ތެޔޮ ޓޭންކަރެއްގައި ޖެހި އެމެރިކާގެ މަނަވަރަކުން 10 މީހުން ގެއްލިއްޖެ
ތެޔޮ ޓޭންކަރެއްގައި ޖެހި އެމެރިކާގެ މަނަވަރަކުން 10 މީހުން ގެއްލިއްޖެ

ސިންގަޕޫރު (އޮގަސްޓް 21) - މަލަކާ ކަނޑުއޮޅިން، ސިންގަޕޫރުގެ އިރުމަތިން ތެޔޮ ޓޭންކަރެއްގައި އެމެރިކާގެ މަނަވަރެއް ޖެހި މިއަދު ހިނގި އެކްސިޑެންޓުގައި މަނަވަރުން 10 ސިފައިން ގެއްލިއްޖެ އެވެ.

ތެޔޮ ޓޭންކަރެއްގައި ޖެހި އެމެރިކާގެ މަނަވަރަކުން 10 މީހުން ގެއްލިއްޖެ
ތެޔޮ ޓޭންކަރެއްގައި ޖެހި އެމެރިކާގެ މަނަވަރަކުން 10 މީހުން ގެއްލިއްޖެ

މި އެކްސިޑެންޓުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ސެވަންތު ފްލީޓުގައި ހިމެނޭ ޔޫއެސްއެސް ޖޯން އެސް މެކޭން މަނަވަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މަނަވަރުން ވަނީ އިތުރު ފަސް މީހަކު ޒަޚަމްވެފަ އެވެ. ޖަޕާނުގެ ޔޮކޮސޫކާގައި ގާއިމްކޮށްފައިވާ ސެވަންތު ފްލީޓުގައި ހިމެނޭ މަނަވަރު ދަތުރުކޮށްފައި ދިޔައީ ސިންގަޕޫރުގެ ބަނދަރަށް ވަނުމަށެވެ. މި މަނަވަރަށް ނަން ދީފައި ވަނީ ސެނޭޓާ ޖޯން މެކްކޭންގެ ބައްޕަ އާއި ކާފަގެ ނަމާ ގުޅުވައިގެންނެވެ. މި އެންމެން ވެސް ވަނީ އެމެރިކާ ސިފައިންގެ ތެރޭގައި ޚިދުމަތް ކޮށްފަ އެވެ.

ތެޔޮ ޓޭންކަރެއްގައި ޖެހި އެމެރިކާގެ މަނަވަރަކުން 10 މީހުން ގެއްލިއްޖެ
ތެޔޮ ޓޭންކަރެއްގައި ޖެހި އެމެރިކާގެ މަނަވަރަކުން 10 މީހުން ގެއްލިއްޖެ

މަނަވަރުން ގެއްލުނު މީހުން ހޯދުމަށް ޓަގް ބޯޓު ފަހަރާއި ސިންގަޕޫރުގެ ކަނޑުގެ ސިފައިންގެ ޕެޓްރޯލް ބޯތު ފަހަރާއި ހެލިކޮޕްޓަރުތައް ދަނީ ބޭނުން ކުރަމުންނެވެ.

މަނަވަރުގައި ޖެހިފައި ވަނީ 600 ފޫޓު (183 މީޓަރު) ދިގު ތެލާއި ކެމިކަލް އުފުލާ އެލްނިކް އެމްސީ ކިޔާ އުޅަނދެކެވެ. މި އުޅަނދު ވަނީ ސިންގަޕޫރުގެ ބަނދަރަށް ވަނުމަށް މިސްރާބު ޖަހައިފަ އެވެ. އަދި މަނަވަރު ވެސް ދަނީ ސިންގަޕޫރުގެ ޗަންގީ ނޭވަލް ބޭސް އަށް ދަތުރު ކުރަމުންނެވެ.

މިއީ ވޭތުވެދިޔަ ދެ މަސް ދުވަސް ތެރޭ އެމެރިކާގެ ސެވަންތު ފްލީޓުގައި ހިމެނޭ މަނަވަރެއް އެކްސިޑެންޓްވި ދެ ވަނަ ފަހަރެވެ. ޔޫއެސްއެސް ފިޒްޖެރަލް އާއި ކޮންޓެއިނާ ބޯޓެއް ޖެހި ޖޫން މަހު ހިނގި އެކްސިޑެންޓުގައި އެމެރިކާ ސިފައިންގެ ހަތް މީހުން ވަނީ މަރުވެފަ އެވެ.