ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން މިދިޔަ އަހަރު ވަނަ ހޯދި 628 ދަރިވަރަކަށް ރޭ އެވޯޯޑު ދީފި އެވެ.

ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި
ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި

އެ ޕްރައިމަރީ ސްކޫލާއި ސެކަންޑްރީ ސްކޫލުގެ ދަރިވަރުންނަށް އެވޯޑު ދީފައިވަނީ ވަކިވަކިންނެވެ. ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ސީނިއާ ގްރޭޑުތައް (ގްރޭޑު 5-10)ގެ 308 ދަރިވަރުންނަށް ރޭ އެވޯޑު ދީފައިވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ ގްރޭޑު 1-4އާ ހަމައަށް، ޕްރައިމަރީގެ 320 ދަރިވަރަކަށް އެވޯޑު ދީފަ އެވެ.

ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި
ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި

އެހެން ސްކޫލުތަކާ ޚިލާފަށް ޣިޔާސުއްދީނުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެއް ނުހޮވަ އެވެ. ނަމަވެސް އިތުރު ހަރަކާތްތަކުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް "އެކްޓިވިޓީ ކަލާސް" އަދި ތައުލީމީ ހަރަކާތްތަކުން، ވަކި ޕަސެންޓަކުން މަތިން ހޯދާ ދަރިވަރުންނަށް "އެކަޑެމިކް ކަލާސް" އެވޯޑު ދީފައި ވެ އެވެ. އެވޯޑު އޮފް އިންސްޕިރޭޝަންގެ ނަމުގައި ވެސް ކާމިޔާބު ހޯދާފައިވާ ދަރިވަރުންނަށް އެވޯޑު ދިނެވެ.

ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި
ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި

ޣިޔާސުއްދީން ސްކޫލުން މިދިޔަ އަހަރު 27 ދަރިިވަރަކު އޯ ލެވެލް އިމްތިހާނު ހެދިއިރު އޭގެ ތެރެއިން ހަ ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10 ގައި ހިމެނިފަ އެވެ. އަދި އޭގެ ތެރެއިން އައިޝަތު ޒަކާ ޒާހިރަށް ކެމިސްޓްރީން ރާއްޖެ އިން އެއް ވަނަ ލިބުނުއިރު އައިޝަތު އުދުމާ އަހުމަދު ވަނީ ޓްރެވެލް އެންޑް ޓޫރިޒަމް އިން ހައި އެޗީވްމަންޓް އެވޯޑު ހޯދައިފަ އެވެ.

ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި
ޣިޔާސުއްދީން ސްކޫލުން ކާމިޔާބު ހޯދި ދަރިވަރުންނަށް އެވޯޑު ދީފި

ދެހާސް ދިހަ ވަނަ އަހަރު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރި ފަހުން ޣިޔާސުއްދީން ސްކޫލުން އަންނަނީ ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބުތައް ހާސިލްކުރަމުންނެވެ. އެގޮތުން 889 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ދަރިވަރުން ވަނީ ތަފާތު އެކި މުބާރަތްތައް ހިމެނޭ ވޯލްޑް ސްކޮލާގެ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ.