"މަހާކާލީ" ސީރިއަލްގެ ދެ އެކްޓަރަކު އެކްސިޑެންޓެއްގައި މަރުވެއްޖެ
"މަހާކާލީ" ސީރިއަލްގެ ދެ އެކްޓަރަކު އެކްސިޑެންޓެއްގައި މަރުވެއްޖެ

ކަލާޒް ޗެނަލުން ދައްކާ "މަހާކާލީ: އައުތު ހީ އަރަމްބް ހޭ" ގައި މުހިއްމު ރޯލުތަކެއް އަދާކުރާ ދެ އެކްޓަރުން ކަމަށްވާ ގަގަން މަލިކް އާއި އަރްޖިތު ލަވާނިއާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

މި މީހުން މަރުވީ ޝޫޓިންއެއް ނިންމާލުމަށް ފަހު އެއް ކާރެއްގައި މުމްބާއީއަށް ދަނިކޮށް ރޭގަނޑުގެ ވަގުތެއްގަ އެވެ. މި އެކްސިޑެންޓް ހިނގީ ކާރު ކޮންޓްރޯލް ނުވެ، ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ޖެހިގެންނެވެ.

މި މަންޒަރު ދުށް ބައެއް މީހުން ނޫސްތަކަށް ކިޔައިދީފައިވާ ގޮތުގައި އެކްސިޑެންޓް ހިނގުމާ އެކު ކާރު ފުށުން ޖެހުނުވެ. ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ދެ އެކްޓަރުންނާއެކު، ސްޕޮޓް ބޯއީ އެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު ވެސް ކާރުގައި އިނެވެ. އޭނާ ވެސް ވަނީ މަރުވެފަ އެވެ.

މި ދެ އެކްޓަރުން ކުޅެމުންދާ ސިލްސިލާގެ ޕްރޮޑިއުސަރު، ސްވާސްޓިކް ޕްރޮޑަކްޝަންގެ ފައުންޑަރު އަދި ކްރިއޭޓިވް ޑައިރެކްޓަރު ސިދާރްތު ކުމާރު ތިވާރީ ނެރުނު ބަޔާނެއްގައި ބުނީ މިއީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށައި މި ހިތާމައިން އަރައިގަންނަން ވަރަށް ގިނަ ދުވަސް ތަކެއް ހޭދަވާނެ ކަމަށެވެ.