ޕްރިޔަަންކާގެ ނިދި ގެއްލުނީ ކީއްވެ؟
ޕްރިޔަަންކާގެ ނިދި ގެއްލުނީ ކީއްވެ؟

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ލޮލަށް ނިދި ނައިސްގެން އޭނާ ވަނީ އެކަމުގެ ޝަކުވާ ކޮށްފަ އެވެ. ނަމަވެސް އެހެން ދިމާވެގެން އުޅޭ ސަަަބަބެއް ޕްރިޔަންކާ އަކަށް ވެސް ނޭނގެ އެވެ.

ޕްރިޔަންކާ އަށް އޮޅުން އަރަނީ ނިދީގެ މައްސަލަ ދިމާވީ މަތިންދާބޯޓުގައި ގިނައިރުވަންދެން އިންނަން ޖެހުމުން ޖެޓް ލެގް ވެގެންތޯ ނުވަތަ ކުރީގެ ހަނދާންތަކެއް އާވެގެން ކަމެއް އޭނާއަކަށް ވެސް ނޭނގެ އެވެ.

ފިލްމީ މަސައްކަތުގައި އިންޑިއާ އާއި އެމެރިކާއާ ދޭތެރޭ އަބަދު ދަތުރުކުރަން ޖެހިފައިވާ ޕްރިޔަންކާ ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާގައި އުޅެފައި މުމްބައި އަށް ގޮސްފައި ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. ނަމަވެސް މިފަހަރު އޭނާއަށް މުމްބައި އަށް ދާން ޖެހުނީ ކޮން މަސައްކަތެއް ކުރަން ކަމެއް އަދި ސާފެއް ނުވެ އެވެ.

މި މަހުގެ 16 ވަނަ ދުވަހު ޕްރިޔަންކާ ވަނީ މުމްބައި އަށް ދާ ވާހަކަ އިންސްޓަގްރާމްގައި ލިޔެފަ އެވެ. އަދި ޖެޓްލެގް ފިލުވާލުމަށް އެއް ދުވަސް ނެގުމަށްފަހު މަސައްކަތާއިގެން ކުރިޔަށް ދާން ގަސްތުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕްރިޔަންކާއަށް މިހާރު ހޮލީވުޑް ވަރަށް ރަނގަޅު ޕްރޮޖެކްޓްތަކެއް ލިބިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި "އިޒިންޓް އިޓް ރޮމެންޓިކް" އާއި "އަ ކިޑް ލައިކް ޖޭކް" ހިމެނެ އެވެ.