ރައީސް ޔާމީންގެ ދެކަނބަލުން ބުރާސްފަތި ދުވަހު ހައްޖަށް ފުރާވަޑައިގަންނަވަނީ
ރައީސް ޔާމީންގެ ދެކަނބަލުން ބުރާސްފަތި ދުވަހު ހައްޖަށް ފުރާވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އަންނަ ބުރާސްފަތި ދުވަހު ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް ޔާމީން ފުރާވަޑައިގަންނަވާކަން، ކެބިނެޓު މިނިސްޓަރުންނާއި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރުންނަށް ވައިބާ މެސެޖަކުން ވަނީ ދަންނަވައިފަ އެވެ. އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ފުރާވަޑައިގަތަސް ހުރިހާ ބޭފުޅުން ވެސް ސިޔާސީ މަސައްކަތުގައި އުޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ދެކަނބަލުން ވަނީ 2014 އާއި 2015 ގައި ވެސް ވަނީ ހައްޖަށް ވަޑައިގެންފަ އެވެ. މިއީ އެމަނިކުފާނުގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ.

ވޭތުވެދިޔަ ތިން އަހަރު ރާއްޖެ އަށް 2،000 ކޯޓާ ލިބުނު ނަމަވެސް ހައްޖަށް މީހުން ގެންދަން ރާއްޖެ އަށް މި އަހަރު ލިބުނީ 1،000 ކޯޓާ އެވެ. ހައްޖު ކޯޕަރޭޝަނާއި ތިން ކުންފުންޏެއްގެ ހަވާލުގައި އެންމެން ފުރާފައިވާއިރު، އަމީރުލް ހައްޖުގެ ގޮތުގައި މި އަހަރު ސަރުކާރުން ހަމަޖެއްސީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.