ދެކުނު އޭޝިއާގެ ފެންބޮޑުވުމުގެ ގެއްލުން 16 މިލިއަން މީހުންނަށް
ދެކުނު އޭޝިއާގެ ފެންބޮޑުވުމުގެ ގެއްލުން 16 މިލިއަން މީހުންނަށް

ނިއު ދިއްލީ (އޮގަސްޓް 19) - ދެކުނު އޭޝިއާގެ އެކި ގައުމުތަކަށް މިހާރު ކުރާ ވިއްސާރައިގައި ބައެއް ގައުމުތަކުގައި ފެންބޮޑުވެ ގެއްލުން ލިބުނު މީހުންގެ އަދަދު 16 މިލިއަނަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ދެކުނު އޭޝިއާގެ ފެންބޮޑުވުމުގެ ގެއްލުން 16 މިލިއަން މީހުންނަށް
ދެކުނު އޭޝިއާގެ ފެންބޮޑުވުމުގެ ގެއްލުން 16 މިލިއަން މީހުންނަށް

އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝްގައި ފެންބޮޑުވުމުން މިހާތަނަށް ވަނީ 500 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީ (އައިއެފްއާރުސީ) އިން ބުނީ މިއީ ފަހަކަށް އައިސް ސަރަހައްދީ ފެންވަރުގައި ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ މުސީބާތް ކަމަށެވެ. ފެންބޮޑުވި ބައެއް ހިސާބުތަކުގައި ކާނާގެ ދަތިކަން ކުރިމަތިވެ އަދި ބަލި މަޑުކަމެއް ފެތުރިދާނެކަމުގެ ބިރު ވެސް މިހާރު ވަނީ ބޮޑުވެފަ އެވެ.

އައިއެފްއާރުސީގެ ޑިޕިއުޓީ ރީޖަނަލް ޑިރެކްޓަރު މާޓިން ފޯލާ ވިދާޅުވީ ބަންގްލަދޭޝް އާއި ނޭޕާލުގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އުތުރު އިންޑިއާގައި ފެންބޮޑުވި ހަތަރު ސްޓޭޓުގެ 11 މިލިއަން މީހުންނަށް ވަނީ ގެއްލުންތައް ލިބިފަ އެވެ.

ސޭވް ދަ ޗިލްރަންގެ ޑިރެކްޓަރު މާކް ޕިއާސް ވިދާޅުވީ ފެންބޮޑުވި ގައުމުތަކުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

ނޭޕާލުގެ ރެޑް ކްރޮސް ސޮސައިޓީން ބުނީ ފެންބޮޑުވުމުގެ ސަބަބުން ދަނޑު ބިންތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޑޭވް ރަޓްނާ ދަކްވާލާ ވިދާޅުވީ އެކަމުގެ ސަބަބުން ނޭޕާލުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށެވެ.

ސޭވް ދަ ޗިލްރަން އިންޑިއާގެ މެނޭޖަރު މުރަލި ކުންދުރު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމުގައި ގެއްލުންތައް ލިބޭ ކަމަށާއި އެކަމަކު މި އަހަރުގެ ގެއްލުން މާބޮޑު ކަމަށެވެ.

މޫސުމާ ބެހޭ އޮފިޝަލުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭ ވެހޭނެ އެވެ.