އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް އެމާ ސްޓޯން އަށް
އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް އެމާ ސްޓޯން އަށް

ޖެނިފާ ލޮރެންސާއި ޖެނިފާ އެނިސްޓަން ފަދަ ބަތަލާއިން ފަހަތަށް ޖައްސައިލުމަށް ފަހު ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާގެ ޝަރަފު މި އަހަރު އޮސްކާގެ އެންމެ މޮޅު ބަތަލާއަކަށް ހޮވުނު އެމާ ސްޓޯން އަށް ލިބިއްޖެ އެވެ.

އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް އެމާ ސްޓޯން އަށް
އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް އެމާ ސްޓޯން އަށް

"ލާ ލާ ލޭންޑް" އިން އެންމެ މޮޅު ބަތަލާގެ އޮސްކާ އުފުލައިލި އެމާ އަށް ޖޫން 1، 2016 އިން ޖޫން 1، 2017 އާ ހަމައަށް 26 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފޯބްސްގެ އަހަރީ ލިސްޓުން ދައްކަ އެވެ. އެމާ، 28، ގެ ފިލްމެއް "ލާ ލާ ލޭންޑް" ގެ ފަހުން ރިލީޒްވެފައި ނުވާއިރު، އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހު ރިލީޒް ކުރާ "ބެޓްލް އޮފް ސެކްސެސް" އިންނެވެ.

އެމާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރަން ތާވަލްކޮށްފައިވާ "ދަ ފެވަރިޓް" ފާހަގަކޮށްލެވެ އެވެ.

އެމާގެ ފަހަތުން ފޯބްސްގެ ލިސްޓްގެ ދެވަނާގައި އޮތީ ޖެނިފާ އެނިސްޓަން، 48، އެވެ. އޭނާގެ ފާއިތުވި އަހަރު ދުވަހުގެ އާމްދަނީއަކީ 25.5 މިލިއަން ޑޮލަރެވެ. އެނިސްޓަންގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްކޮށްފައިވާ އިރު އަހަރުގެ ސަން ޑާންސް ފިލްމް ފެސްޓިވަލްގައި އެނިސްޓަންގެ "ދަ ޔެލޯ ބާޑްސް" ވަނީ ދައްކާލައިފަ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އަންނަ އަހަރަށް ތާވަލްކޮށްފައިވާ "ޑަމްޕްލިން" ހިމެނެ އެވެ.

ލިސްޓްގެ ތިން ވަނާގައި އޮތީ 2012 ގައި އެންމެ މޮޅު ބަތަލާގެ އޮސްކާ ހޯދި ޖެނިފާ ލޮރަންސް، 27، އެވެ. އޭނާގެ ފާއިތުވި އަހަރު ދުވަހުގެ އާމްދަނީ އުޅެނީ 24 މިލިއަން ޑޮލަރުގަ އެވެ. އެއީ މިދިޔަ އަހަރާ އަޅާކިޔާ ނަމަ ދެ ގުނައިގެ ދަށްވުމެކެވެ. މިދިޔަ އަހަރު އޭނާގެ އާމްދަނީއަކީ 46 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަތަލާއަކީ ލޮރެންސް އެވެ

މިދިޔަ އަހަރު "ޕެސެންޖާ" އިން ފެނުނު ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހު ރިލީޒް ކުރާ "މަދާ" އިންނެވެ.

ފޯބްސްގެ ލިސްޓްގެ ހަތަރު ވަނަ 18 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު މެލީސާ މެކާސީ އަށް ލިބުނު އިރު ފަސް ވަނާގައި އޮތީ މިލާ ކޫނިސް އެވެ. އެއީ 15.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.