17 އޯގަސްޓް 2017 - 00:32

ދިވެއްސަކު ޓުވިޓާ މެދުވެރިކޮށް ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ އަށް ފޮނުވި ކުރުހެމެއް ރީތިވެގެން ވީޑިއޯއެއް މެދުވެރިކޮށް ތައުރީފްކޮށްފި އެވެ. މިއީ، ދިވެއްސަކަށް ސޮނާކްޝީ މިގޮތަށް ތައުރީފްކުރި ފުރަތަމަ ފަހަރެވެ.

ޓުވިޓާގައި ސޮނާކްޝީ އަށް މަރުދޭ، ޒުވާން އަންހެން ފޭނެއް ކަމަށްވާ އިންނު ފޮނުވީ އޭނާ ކުރެހި ސޮނާކްޝީގެ ކުރެހުމެކެވެ. އެ ކުރެހުން ފޮނުވައި ސޮނާކްޝީ ދެކެ ވަރަށް ލޯބިވާ ކަމަށް ބުންޏެވެ. އަދި ރާއްޖެ އަންނަނީ ކޮން އިރަކުތޯ އާއި ބައްދަލުކުރަން ކެތް މަދުވެފައި ހުރި ވާހަކަ ވެސް ބުންޏެވެ.
އިންނުގެ މި ޓުވީޓަށް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެމުންސޮނާކްޝީ ބުނީ އެ ކުރެހުން ވަރަށް ރީތި ކަމަށާއި ވަރަށް ކަމު ހިނގައްޖެ ކަމަށެވެ. އަދި އިންނުގެ ހުނަރަށް ތައުރީފް ކުރި އެވެ.
ރާއްޖެ ދެކެ ވަރަށް ލޯބިވާ ކަމަށާއި ވަރަށް އަވަހަށް ރާއްޖެ އައިސް އިންނުއާ ބައްދަލުކުރާނެ ކަމުގެ ޔަގީންކަން ވެސް ސޮނާކްޝީ ދިނެވެ.
މި ވީޑިއޯ ފެނުމުން އުފަލުން ފޮޅި، އިންނު ވަނީ ސޮނާކްޝީ އަށް ޝުކުރު އަދާކޮށްފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައިވާ ސޮނާކްޝީ ވަރަށް ގިނައިން ރާއްޖޭގައި ޗުއްޓީ ހޭދަކުރެ އެވެ. މި އަހަރުގެ ކުރީކޮޅު ވެސް ސޮނާކްޝީ ރާއްޖެ އައެވެ.