ފިހާރައަކުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ފިހާރައަކުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

މާލޭގެ ފިހާރައެއްގެ ތެރެއިން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ތުހުމަތުކުރެވޭ ދެ ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފިހާރައަކުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ފިހާރައަކުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއަކާއި ފިހާރައެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއް ކިލޯގެ ޕެކެޓަކާއި 30 ދަޅު ފެނިފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ 25 އަހަރާއި 30 އަހަރުގެ ދެ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި އަތުލައިގަތް ފިހާރަ އާއި ގޭގެ ނަމެއް އަދި ހައްޔަރުކުރި މީހުންގެ ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.

އެކަމަކު ފުލުހުން އާއްމުކުރި ފޮޓޯތަކުން ބެލެވޭ ގޮތުގައި، ފިލްމު ހުސްކުރި ދަޅުތަކަށް މަސްތުވާތަކެތި އަޅައި ބަންދުކޮށްފައި ހުރީ ވިޔަފާރިއަށެވެ. އެހެންވެ، ފުލުހުން މި އަތުލައިގަތީ، އެ ވިޔަފާރީގައި އުޅޭ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް ބެލެވެ އެވެ.