16 އޯގަސްޓް 2017 - 20:00

ހޮޓެލް ޖެންގެ ހަތަރު ވަނަ ބުރީގައި ދުމުގެ އަސަރު ހުރިކަން ރިޕޯޓްކުރުމުން އެމްއެންޑީއެފުން އެތަނަށް ވަދެ ބަލަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޮޓެލް ޖެން އިން ދުން އަރާކަމުގެ ރިޕޯޓް ލިބުނީ މިރޭ ހަތެއްޖަހާކަންހާ އިރު ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ ރިޕޯޓާ އެކު ފައާ އެންޑް ރެސްކިއު ޓީމުން ގޮސް އެތަން ބެލި އިރު ދުމުގެ އަސަރެއް ނެތެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ނިންވާ ޓީމު ދިޔައިރު ހޮޓެލްގެ މެނޭޖްމަންޓުން ވަނީ ހަތަރު ވަނަ ފަންގިފިލާ އިން މީހުން ހުސްކޮށްފައި ކަމަށެވެ.
"މިހާރު ދުމެއް ނާރާ، ދުން ވަސް ހުރީ. އިތުރަށް ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ހޮޓެލް ޖެންގައި އާންމުކޮށް ތިބެނީ އައްޑޫ ސިޓީގެ ވިލިނގިލީގައި ހިންގާ ޝަންގްރިއްލާ އަށް އަންނަ ޓޫރިސްޓުންނެވެ. އޭގެ އިތުރުން ރާއްޖެ ޒިޔާރަތްކުރާ ވިޔަފާރިވެރިން ވެސް ވަރަށް ގިނައިން ޖެން ބޭނުންކުރެ އެވެ.