އަނބިމީހާއަށް ގިނައިން އާމްދަނީ ލިބުމުން ޑިޕްރެޝަނަށް
އަނބިމީހާއަށް ގިނައިން އާމްދަނީ ލިބުމުން ޑިޕްރެޝަނަށް

ފިރިމީހާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ އަންހެނުންގެ ކިބައިން ޑިޕްރެޝަންގެ އަލާމާތްތައް ގިނައިން ފެނުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ބުނެފި ދީފި އެވެ.

އެމެރިކާގެ އިލިނޮއި ޔުނިވަސިޓީގެ ސައިންސްވެރިން ބުނަނީ އަންހެންމީހާއަށް ލިބޭ މުސާރަ އިތުރުވެ އާއިލާއަށް އަންހެންމީހާ ކުރާ ޚަރަދުތައް އިތުރުވެގެން ދިއުމުން ގިނަ އާއިލާތަކުގައި ހަމަޖެހުން ގެއްލިގެންދާ ކަމަށެވެ. އަދި މިއީ ފިރިމީހާ އާއި އަނބިމީހާގެ މެދުގައި މައްސަލަތައް އުފެދޭ ސަަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ސައިންސްވެރިން ކަމަށްވާ ސުންޖިން ޕަކް އާއި ކަރެން ކްރޭމާގެ މި ހޯދުމުން ދައްކާ ގޮތުން އަނބިމީހާއަށް ގިނައިން އާމްދަނީ ލިބުމަކީ ފިރިހެންމީހާއަށް ނަފްސާނީ އަސަރުތަކެއް ކުރާ ކަމެކެވެ. އަދި އާއިލާއަށް ޚަރަދުކުރާ އެންމެ އިސް މީހަކީ ފިރިހެންމީހާއަށް ވާނަމަ އޭނާއަށް ނަފްސާނީ ގޮތުން ކުރާ ރަނގަޅު އަސަރުތައް ސައިންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ.

މި ޓީމުން ވަނީ 1463 އަށް ވުރެ ގިނަ ފިރިހެނުންނާއި 1،769 އަށް ވުރެ ގިނަ އަންހެނުން މި ދިރާސާގައި ބައިވެރި ކޮށްފަ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ 1957 އާއި 1965 އާ ދެމެދުގައި އުފަން ވެފައި ތިބި މީހުންނެވެ. މި މީހުންގެ ނަފްސާނީ ހާލަތު ވަޒަންކުރި އެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ގޭގައި ހުންނަ މަސައްކަތްތައް ކޮށްގެން ގޭގައި އުޅޭ އަންހެނުންނަށް ނަފްސާނީ ގޮތުން އެއްވެސް ނޭދެވޭ އަސަރެއް ކުރާކަން ފާހަގަ ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ފިރިހެނުން ގޭގައި ދަރިން ބަލަން ބަހައްޓާ ނަމަ ވަރަށް ބޮޑަށް ޑިޕްރެޝަންގެ މައްސަލަތައް ދިމާވާކަން ފާހަގަކޮށްފައިވެ އެވެ.

މަންމަ އާއި ބައްޕަ އެމީހުން ކުދިން ބެލުމުގައި ކުޅޭ ރޯލު ބަދަލުކޮށްލައި މަންމަ އޮފީހަށް މަސައްކަތް ކުރަން ގޮސް އަދި ބައްޕަ ދަރިން ބަލަން ގޭގައި ހުންނަ ބައްޕައިންގެ ކިބައިން ޑިޕްރެޝަންގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވާ ކަން ވެސް ދިރާސާގައި ފާހަގަވި އެވެ.

ނަމަވެސް ފިރިމީހާ އެކޭ އެއްފަދައިން އާއިލާގެ ކަންތައްތައް ބެލެހެއްޓުމުގައި އޭނާއަށް އެހީތެރިކަމެއް ދިނުމުގެ ގޮތުން ބައިވެރިވާ އަންހެނުންނަށް ނަފްސާނީ ގޮތުން ގޯސް އަސަރުތަކެއް ކޮށްފައެއް ނުވެ އެވެ.

މި ރިސާޗް ރިޕޯޓް ހުށަހަޅަން ހަމަޖެހިފައިވަނީ މޮންޓްރިއަލްގައި އޮންނަ އެމެރިކަން ސޯޝިއޮލޮޖިކަލް އެސޯސިއޭޝަން އަށެވެ.