ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރަނީ؟
ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރަނީ؟

ލަންޑަން (އޮގަސްޓް 15) – ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ ބާޒާރު ބަންދުކުރަން ފެނޭތޯ ބެލުމަށް އިނގިރޭސި ކްލަބްތަކުގެ މެދުގައި ވޯޓެއް ނަގަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ ކްލަބްތަކުން އެގޮތަށް ބަދަލުކުރަން ތާއީދުކުރެ އެވެ. މި ބަދަލު ގެންނަން ފާސްވެއްޖެ ނަމަ އެކަން ފަށާނީ 2018/2019 ވަނަ އަހަރުގެ ސީޒަނުން ފެށިގެންނެވެ.

މިހާރު ޓްރާންސްފާ ބަންދުކުރަނީ އޮގަސްޓް 31 ގަ އެވެ. އޭރު އާ ސީޒަން ފަށައިގެން ތިން ހަފުތާއެއްހާ ދުވަސް ވާނީ ފާއިތުވެގެންގޮސްފަ އެވެ. އޭގެ ސަބަބުން ސީޒަން ފަށާއިރު ވެސް ބައެއް ކުޅުންތެރިން ކުޅޭނެ ކްލަބެއް ނުނިމި ކުޅިބަލަން ތިބެން ޖެހެ އެވެ. އެ ހާލަތުގައި ހުރި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޗެލްސީގެ ޑިއެގޯ ކޮސްޓާ އެވެ.

މިހާރު އޮންނަ އުސޫލުގެ ތެރެއިން ޓީމުތަކުގެ ކޯޗުންނަށް ޓީމުތަކުގެ ކުޅުން ބެލުމަށް ފަހު އިތުރު ކުޅުންތެރިން ގެނައުމުގެ ފުރުސަތު ލިބެ އެވެ.