17 އޯގަސްޓް 2017 - 17:36

އައިލެންޑާސް އެޑިއުކޭޝަން ގްރޫޕުން އަލަށް ތައާރަފްކުރި ޓީޗިން ޓިއުބުން ފޭސްބުކް ލައިވް ބޭނުން ކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓިއުޝަން ކްލާސްތަކެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ޓީޗިން ޓިއުބުން ބުނީ، ޓިއުޝަން ކްލާސްތަކުގައި ހިލޭ ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ ކްލާސްތައް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.
ފޭސްބުކް ލައިވް ޓިއުޝަންގައި ބާއްވާނީ ބަޔޮލޮޖީ، ފިޒިކްސް، ކެމިސްޓްރީ އަދި ހިސާބު ކްލާސްތަކެވެ. ހިސާބު ކްލާސްތައް އޮންނާނީ ހޯމަ ދުވަހާއި ބުދަ ދުވަހުގެ ހަވީރު 4:00 ގަ އެވެ. އެހެން ކްލާސްތައް އޮންނާނީ އޮންނާނީ އާދިއްތަ، އަންގާރަ، ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:00 ގަ އެވެ.
"ޓީޗަރުން އެ ގަޑިތަކުގައި އޮންލައިންވެ، ލެސަންތައް ނަގައިދޭނެ. މިއީ ދަރިވަރުންނަށް އޮޅުންއަރާ ކަންކަން ސާފުކޮށްދީ، ފިލާވަޅުތައް ދަސްކުރަން ލިބޭނެ ލިބޭނެ އިތުރު ފުރުސަތެއް،" ޓީޗިން ޓިއުބުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.
ޓީޗިން ޓިއުބަކީ އޯލެވެލް އާއި އޭލެވެލް ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓިއުޝަނުގެ ބަދަލުގައި އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދިނުމަށް އައިލެންޑާސް އިން ތައާރަފް ކޮށްފައިވާ ވެބްސައިޓެކެވެ. އެ ވެބްސައިޓުގައި ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުން 38،730 ދަރިވަރުން މިހާތަނަށް ރެޖިސްޓްރީ ކޮށްފައިވާ ކަމަށް އައިލެންޑާސް އިން ވަނީ ބުނެފަ އެވެ.