އަޖޭ ދޭވްގަން ދެން ކުޅޭނީ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލް
އަޖޭ ދޭވްގަން ދެން ކުޅޭނީ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލް

"ނޯ ވަން ކިލްޑް ޖެސިކާ" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ރާޖްކުމާރް ގުޕްތާގެ އާ ފިލްމް "ރެއިޑް" އަށް އަޖޭ ދޭވްގަން ސޮއިކޮށްފި އެވެ

އަޖޭ ދޭވްގަން ދެން ކުޅޭނީ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލް
އަޖޭ ދޭވްގަން ދެން ކުޅޭނީ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލް

މި ފިލްމުގައި އަޖޭ ކުޅޭނީ އިންކަމް ޓެކްސް އޮފިސަރެއްގެ ރޯލެވެ. ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ 1980 ގެ އަހަރުތަކުގައި އުއްތަރު ޕްރަދޭޝްގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. ފިލްމުގެ މައިގަނޑު ވާހަކައަކީ އިންކަމް ޓެކްސް ދައްކަން ދެކޮޅު ހަދާ ބަޔަކު އަތުލައިގަންނަން ކުރާ މަސައްކަތެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ރެއިޑް" ގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ. މި ފިލްމަށް އަޖޭ ސޮއި ކުރި އިރު، ރިލީޒްވާން އޭނާގެ ދެ ފިލްމް އެބަ އޮތެވެ. އެއީ އަންނަ މަހު އެކެއްގައި ރިލީޒް ކުރާ "ބާދްޝާހޯ" އާއި އޮކްޓޯބަރުގައި ރިލީޒް ކުރާ "ގޯލްމާލް އެގެއިން" އެވެ.

"ރެއިޑް" އާ ބެހޭ ގޮތުން ގުޕްތާ ބުނީ އަޖޭއާ އެކު މަސައްކަތްކޮށްލަން ފުރުސަތެއް ލިބުމުން، ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

"މި ފިލްމްގެ ސަބްޖެކްޓަކީ ބޮޑު ސްކްރީންގައި ކޮންމެހެން ވެސް ކިޔައި ދޭން ޖެހޭ ކަހަލަ ވާހަކައެއް. މި ފިލްމަށް އަޖޭ އެއްބަސްވީތީ ވަރަށް އުފާވެ އަދި މަސައްކަތް ފަށަން ކެތްމަދުވެފައި މި ހުރީ." 2008 ގައި "އާމިރް" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

ޑާކް ތީމްތަކަށް ފިލްމް ހަދަން މަޝްހޫރު ގުޕްތާ އެންމެ ފަހުން ގެނެސް ދިން ފީޗާ ފިލްމަކީ އިމްރާން ހާޝިމީ އާއި ވިދިޔާ ބާލަން ލީޑް ރޯލް ކުޅުނު ޑާކް ކޮމެޑީ ގަންޗައްކަރު (2013) އެވެ. އެކަމަކު އެއީ ބޮޑު ފްލޮޕެކެވެ.